logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރަމަޟާންމަހު ބީއެމްއެލް ހުޅުވާފައި ހުންނާނޭ ގަޑި އާއްމުކޮށްފި

އަންނަ ރަމަޟާންމަހު ބޭންކް އޮފް މޯލްޑިވްސް ހުޅުވާފައި ހުންނާނޭ ގަޑިތައް އެ ބޭންކުން އާއްމުކޮށްފިއެވެ.

ބީއެމްއެލުން ބުނީ ރަމަޟާންމަހުގެ ފުރަތަމަ 7 ދުވަހާއި، ސައްވާލުމަހުގެ ފުރަތަމަ 7 ދުވަހު އެ ބޭންކުގެ ބްރާންޗުތަކާއި ސަރވިސް ސެންޓަރުތައް ހުޅުވާފައި ހުންނާނީ ހެނދުނު 09:30 އިން ފެށިގެން މެންދުރު 12:00 ޖެހުމާ ހަމަޔަށް ކަމަށެވެ. ރަމަޝާންމަހުގެ ފަހު ދިހައެއްގައި ބީއެމްއެލް ހުޅުވުމަށް ނިންމާފައިވަނީ ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 ޖެހުމާ ހަމަޔަށެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުގެ ބްރާންޗުތަކާއި ސަރވިސް ސެންޓަރުތައް ހުޅުވާ ގަޑިތަކަށް ބަދަލު އައިނަމަވެސް، ސެލްފް ސަރވިސް އޭޓީއެމްތަކުން ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް ކުރިއެކޭ އެއްގޮތަށް 24 ގަޑިއިރު ލިބިގެންދާނޭ ކަމަށެވެ.

މީގެ އިތުރުން މީހުން ދިރިއުޅެމުންދާ ރަށްރަށުގައި ތިބޭ ބީއެމްއެލްގެ ކޭސް އޭޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގެ ހިދުމަތްތައްވެސް ލިބިގެންދާނޭ ކަމަށެވެ. މީގެ އިތުރުން ބީއެމްއެލްގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ލައިވްކޮށް ބޭންކުގެ އޭޖެންޓުންނާ މުއާމަލާތް ކުރުމުގެ ހިދުމަތާއި ވައިބާ، ވަޓްސްއަޕް އަދި ބީއެމްއެލް ވެބްސައިޓް މެދުވެރިކޮށް މެސެޖްކޮށްގެންވެސް ބީއެމްއެލްގެ ހިދުމަތް ހޯދޭނޭ ކަމަށެވެ.

ބީއެމްއެލް އިން ވަނީ އެ ބޭންކުގެ އިންޓަރނެޓް ބޭންކިން މެދުވެރިކޮށް ހިދުމަތްތައް ހޯދުމަށްވެސް އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ