logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ދުވާފަރު ހިމެނޭހެން އިތުރު 3 ރަށެއްގައި ދަނާލު އަޅަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއްގެ ދަށުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ދަނާލު ބިނާކުރުމުގެ މަޝްރޫއުގެ ދަށުން ރ. ދުވާފަރު ހިމެނޭހެން އިތުރު 3 ސަރަޙައްދެއްގައި ދަނާލު ބިނާކުރުމަށް ނިންމައި އެ މަސައްކަތް އިފްތިތާހްކޮށްފިއެވެ.

އެގޮތުން، މިޗމަޝްރޫއު އިފްތިތާހްކޮށްދެއްވީ، ރ. ދުވާފަރުގައި ދަނާލު އަޅަން ހަމަޖެއްސި ބިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ.

ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ދަނާލު އަޅަން ނިންމާފައިވަނީ ރ. ދުވާފަރު، ރ. ހުޅުދުއްފާރު، ގއ. ވިލިނގިލީގެ އިތުރުން ފުވައްމުލައް ސިޓީގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ދުވާފަރުގައި އިމާރާތްކުރާ ދަނާލުގެ މަސައްކަތް މިއަހަރު ތެރޭގައި ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށެވެ. އަދި ކޮންސެޕްޓް ރިވިޔު ކުރަމުންދާ ކަމަށާއި، ދަނާލަށް ބޭނުންވާ ބިން އެރަށުން ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި މި މަޝްރޫއުގެ ސަބަބުން ގިނަ ދަރިވަރުންތަކަކަށް މަތީ ތައުލީމު ހާސިލުކުރުމަށް ރަށްރަށަށް ގޮސް ތިބުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބި، ލުއި ފަސޭހަކަމާއެކު އެކަށޭނަ މާހައުލެއްގައި ކިޔަވަން ތިބެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށެވެ.

ރާއްޖޭގެ ބައެއް ހިސާބުތަކުގައި މިހާރު ވެސް ގައުމީ ޔުނިވަސިޓީގެ ދަނާލުތައް ހުރެއެވެ. އޭގެ ތެރޭގައި އައްޑޫ ވެސް ހިމެނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ