logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރައީސް ބޮޑުތިލަދުންމައްޗަށް ފުރާވަޑައިގެންފި

ރާއްޖޭގެ އެންމެ އުތުރުގެ 4 އަތޮޅަށް ކުރައްވާ ދަތުރުފުޅެެއްގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ފުރާވަޑައިގަންނަވައިފި އެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ކުރަމުންގެންދާ ދަތުރުފުޅެކެވެ.

ރައީސްގެ މިދަތުރުފުޅުގައި ހއ. ގެ 7 ރަށާއި ހދ. ގެ 5 ރަށް، ށ. އަތޮޅުގެ 4 ރަށް އަދި ނ. އަތޮޅުގެ 4 ރަށަކަށް ޒިޔާރަތްކުރައްވާނެއެވެ. އެގޮތުން ރައީސް އެންމެ ފުރަތަމަ ވަޑައިގަންނަވަނީ ހއ. ހޯރަފުށްޓަށެވެ.

މި ދަތުރުފުޅުގައި ސަރުކާރުގެ ވަޒީރުންނާއި ސަރުކާރުގެ އިސް ވަފުދެއް ބައިވެރިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ރައްޔިތުންގެ ހުރި ޝަކުވާތައް އަޑުއެހުމާއި އެކަންކަމަށް ކައުންސިލްތަކާއި ސަރުކާރާއި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކަށް މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސްގެ މި ދަތުރުފުޅު ނިންމަވާލައްވާ މާލެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިހާތަނަށް، އެންމެ ފަހުން ވަޑައިގެންނެވީ ދެކުނުގެ ހަތަރު އަތޮޅަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ