logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024
Photo:Google

ލ. ގަމު އަތިރިމަތިން، މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

ލ. ގަމު ގޮނޑުދޮށުގައި މިއަދު މީހަކު މަރުވެފަ އޮއްވާ ފެނިއްޖެ އެވެ.

ފުލުހުން ބުނީ ގަމު މަތިމަރަދޫ އަވަށު ފޮއްތޭ ހަޓު އިރުމަތީ ފަރާތު ގޮނޑުދޮށުގައި ހަބަރު ހުސްވެފައި މީހަކު އޮތް ކަމުގެ މައުލޫމާތު ލިބުމާއެކު އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ފުލުހުން ބުނި ގޮތުގައި އެއީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދު 12:15 ހާއިރު އެ ރިޕޯޓު ލިބުމާއެކު އެމީހާ ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.

މިކަމާ ގުޅުގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ