logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 18 އަހަރަށް ޖަލަށްލައިފި

ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށް ސާބިތުވި މީހަކު 18 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މީގެ ހަތަރު އަހަރު ކުރިން ހައްޔަރުކުރި ތ. ގުރައިދޫ، މިޔަވާލިގެ، ހުސައިން ޒާހިންގެ މައްޗަށް ވަނީ އެ މައްސަލާގައި ތިން ދައުވާއެއް އުފުލާފައެވެ.

އެގޮތުން، އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ މައިގަނޑު ދައުވާ އަކީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުންމުގެ ދައުވާއެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން 15 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވެއެވެ.

އޭގެ އިތުރުން އެމީހަކު ލައިގެން ހުރި ހެދުމެއްގެ ބޭރުން ކުޑަކުއްޖަކަށް ފެންނާނެ ގޮތަކަށް ޖިންސީ ގުނަވަނެއް ހާމަކޮށްގެން ހުރުމުގެ ދައުވާ ވެސް ސާބިތުވެފައިވާއިރު، އޭނާ ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

އަދި ޒާހިންގެ މައްޗަށް އުފުލި ތިން ވަނަ ދައުވާއަކީ އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާގެ ކުށް ސާބިތުވެ އަދަބެއްގެ ގޮތުން އެއް މަހާއި ހަ ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެއެވެ.

އެހެންކަމުން، އޭނާ ތަންފީޒު ކުރަން ޖެހޭ ޖަލު އަދަބުގެ ޖުމްލަ މުއްދަތަކީ 18 އަހަރާއި 1 މަހާއި 6 ދުވަހެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ