logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މިއަހަރުގެ މިހާތަނަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފި

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ޓުރިޒަމް މިނިސްތްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އެންމެފަހުން އާއްމުކޮށްފައިވާ ޑެއިލީ އަޕްޑޭޓް ރިޕޯޓުގައިވާގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް 423863 ފަތުރުވެރިންވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 16.9 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 362،559 ފަތުރުވެރިންނެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފަތުރުވެން އެންމެ ގިނައިން އައި 10 ގައުމަކީ

  • ޗައިނާ – 54،719 ފަތުރުވެރިން
  • ރަޝިއާ – 41،583 ފަތުރުވެރިން
  • އިޓަލީ – 39،962 ފަތުރުވެރިން
  • އިނގިރޭސިވިލާތް – 37،942 ފަތުރުވެރިން
  • އިންޑިއާ – 27،224 ފަތުރުވެރިން
  • ޖަރުމަނު – 26،831 ފަތުރުވެރިން
  • ފްރާންސް – 17،231 ފަތުރުވެރިން
  • އެމެރިކާ – 13،543 ފަތުރުވެރިން
  • ޕޮލެންޑް – 10،513 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް – 9،398 ފަތުރުވެރިން

ޓޫރިޒަމަށް މިހާރު ރާއްޖޭގައި 175 ރިސޯޓާއި 834 ގެސްޓްހައުސް އާއި 140 ސަފާރީގެ އިތުރުން 15 ހޮޓާ ދަނީ ހިންގަމުންނެވެ. ރާއްޖެއަށް އެވަރެޖްކޮށް މިހާރު ދުވާލަކު 7،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރެ އެވެ.

ސަރުކާރުން މިއަހަރަށް އަމާޒު ހިފާފައިވަނީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނެސް ފަތުރުވެރިކަމުގެ އާ ރިކޯޑެއް ގާއިމްކުރަން ކަމަށް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ