logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ރޯދަމަހު ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭ ގަޑި އަންގައިފި

ރަމާޝާން މަހުގެ ރޭތަކާއި ހަރޯދައިގެ ދުވަސްތަކުގައި ފިހާރަ ތަކާއި ކާބޯތަކެތި ވިއްކާ ތަންތަން ބަންދުކުރަންޖެހޭ ގަނޑި އިކޮނޮމިކް މިނިސްޓަރީއިން އާންމުކޮށްފިއެވެ.

އެ މިނިސްޓްރީއިން ކުރި އިއުލާނުގައި ބުނީ މިމަހު 8 އިން ފެށިގެން ރަމަޟާންމަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިއަކީ ފަތިހު 5:30 އިން މެންދަމު 1:00 ކަމަށެވެ. އެހެންވެ ރޯދަމަހު ރޭގަނޑު އެކެއްގެ ފަހުން ފަތިހު 5:30 ވަންދެން ފިހާރަތައް ބަންދުކުރަން ޖެހެއެވެ.

އަދި ރޯދަމަހުގެ ރޭތައް އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި އަކީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށް އިކޮނޮމިކް މިނިސްޓްރީިއިން ބުންޏެވެ. އެހެންވެ ރޯދަމަހު ދުވާލު (ހަވީރު 5:30 ގެ ކުރިން) ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓުމަކީ މަނާކަމެކެެވެ.

އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދުގައި ކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުޑާވިއްކާ ތަންތަނާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުން އެގޮތަށް އަމަލުކުރުމަށް އެމިނިސްޓްރީއިން ވަނީ އަންގާފައެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *