logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ކުރިއަށްއޮތް ތަނުގައި ކުޑަހުވަދޫ ވެގެންދާނީ އާބަން ސެންޓަރަކަށް: ރައީސް

ދިވެހިރާއްޖެ 7 ސަރަހައްދަކަށް ބަހާލައިގެން ތަރައްޤީކުރުމަށް މި ސަރުކާރުން ނިންމާފައިވާއިރު، ދ.ކުޑަހުވަދޫ ވެގެންދާނީ އޭގެ ތެރެއިން އެއް އާބަން ސެންޓަރަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަތޮޅުތެރެއަށް ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން މިއަދު ދ.ކުޑަހުވަދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ރާއްޖެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ނޫނީ ދެމެހެއްޓެނިވި ތަރައްޤީއެއް ނުގެނެވޭނޭ ކަމަށެވެ.

ރައީސް ވިދާޅުވީ އާބަން ސެންޓަރެއްގެ ގޮތުގައި ކުޑަހުވަދޫ ތަރައްޤީވެގެންދާއިރު، އެރަށުން އެތައް ހިދުމަތްތަކެއް ލިބިގެންދާނޭ ކަމަށެވެ. މިގޮތުން އާބަން ސެންޓަރެއްގެ ގޮތުގައި ކުޑަހުވަދޫ ތަރައްޤީކުރަން ވިސްނާފައިވާއިރު، ރަށުގެ ބަނދަރު މިހާރަށްވުރެ ބޮޑުކޮށް ރަނގަޅު ފެންވަރަކަށް ތަރައްޤީކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ހޮސްޕިޓަލް އިތުރަށް ބޮޑުކޮށް ޑަޔަލެސިސް ހިދުމަތް ފަދަ އައު ހިދުމަތްތައް ތައާރަފްކުރުމާއި ތައުލީމީ ނިޒާމުވެސް އިތުރަށް ރަނގަޅު ކުރަންޖެހޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

އާބަން ސެންޓަރެއްގެ ގޮތުގައި ކުޑަހުވަދޫ ތަރައްޤީވެގެންދާއިރު، އެރަށުގައި ހައުސިންޔުނިޓްތައް އެޅުމާއި އެއާޕޯޓްވެސް އިތުރަށް ތަރައްޤީ ވެގެންދާނޭކަމަށް ރައީސް ވަނީ މިއަދު ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ކުދަހުވަދޫއަށް ވަޑައިގެންނެވިއިރު، އެމަނުކުފާނު އެންމެފަހުން ޒިޔާރަތްކޮށްފައިވަނީ ރ އަދި ބ އަތޮޅުގެ ރަށްތަކަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *