logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024
އެސްޓީއޯ ކާޑުގުދަނެއް

ސަރުކާރުން ހަދިޔާކުރާ ކާޑު، ހޮނިހިރު ދުވަހުން ފެށިގެން ބަހަމުންދާނެ: އެސްޓީއޯ

ކުރިއަށްއޮތް ރަމަޟާންމަހު ސަރުކާރުގެ ފަރާތުން ރައްޔިތުންނަށް ބައްސަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުހިއްޒު ވިދާޅުވި ކާޑުގެ ބާވަތްތައް މާދަމައިން ފެށިގެން ބަހަމުންދާނޭކަމަށް އެސްޓީއޯއިން ބުނެފިއެވެ.

އެސްޓީއޯއިން ބުނީ، ރޯދަމަހަށް ހާއްސަކޮއްގެން ސަރުކާރުގެ ފަރާތުން ކޮންމެ ގޭބީސީއަކަށް ހަދިޔާ ކުރައްވާ 10 ކިލޯ ބާސްމަތީ ހަނޑޫ އަދި 10 ކިލޯ ފުށް ބެހުމަށް އެސްޓީއޯއިން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށެވެ. ބެހުމަށް ހަމަޖެހިފައިވާ މުދާ ރާއްޖެ އެތެރެކޮށް ގުދަންކޮށްފައިވާއިރު، އެތަކެތި ބެހުމުގެ އިންތިޒާމުތައްވެސް ވަނީ ހަމަޖައްސައި ނިމިފައެވެ.

ރައްޔިތުންނަށް ބެހުމަށް ނިންމާފައިވާ ކާޑުގެ ބާވަތްތައް މާލެ ސަރަހައްދުން ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެސިޓީ ކައުންސިލް ބެލުމުގެ ދަށުންނެވެ.

ކާޑުގެ ބާވަތްތައް ބެހުމަށް ރާވާފައިވާގޮތް:

  • މާލޭސަރަހައްދުގައި މުދާ ދޫކުރާނީ މާލޭސިޓީ ކައިންސިލް ބެލުމުގެ ދަށުން.
  • މާލެ ސަރަހައްދުގައި މުދާ ދޫކުރަން ފަށާނީ 09 މާރިޗު 2024 އިން ފެށިގެން 16 މާރިޗް 2024 ނިޔަލަށް. މުލަ ރޯދަ ދުވަސް އަދި ހުކުރު ދުވަހު މުދާ ބެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިޔަށް ނުގެންދާނެ.

އެސްޓީއޯއިން ބުނީ ސަރުކާޜުން ބެހުމަށް ނިންމާފައިވާ ކާޑުގެ ބާވަތްތައް ދޫކުރަން ހަމަޖެހިފައިވަނީ ދިވެހިންނަށް އެކަނި ކަމަށެވެ. މިގޮތުން ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރ އަށް ބެލުމަށްފަހު ބަލާ އަންނަ ފަރާތުގެ ދިވހިރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ނަންބަރު ނޯޓުކުރުމަށްފަހުއެވެ.

މާލެ ސަރަހައްދުން ކާޑުގެ ބާވަތްތައް ދޫކުރަން ނިންމާފައިވާ ތަންތަނުގެ ތެރޭގައި ހިމެނެނީ ގަލޮޅު ދަނޑާއި، ސޯޝަލް ސެންޓަރުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ އާއްމު ހިދުމަތްތަކާ ބެހޭ ބައިންނެވެ. ތަކެތި ދޫކުރުމަށް ހަމަޖެހިފައިވާ ގަޑިތަކަކަކީ ހެނދުނު 10:00 އިން ހަވީރު 16:00 އަށެވެ. އަދި ރޭގަނޑު 20:30 އިން 23:00 އަށެވެ.

ވިލިމާލެއިން ކާޑުގެ ބާވަތްތައް ދޫކުރާނީ ބިއްރި މިސްކިތު ހޯލުންނެވެ. އަދި ހުޅުމާލެ ފޭސް އެކަކުން އުމަރު ޒާހިރު އޮފީސް އިމާރާތުން ދޫކުރާއިރު، ފޭސް ދޭކުން ދޫކުރުމށް ހަމަޖެހިފައިވަނީ ހިޔާ ފްލެޓް ޓަވަރ 10 ޔޫތް ސެންޓަރުންނެވެ.

އެސްޓީއޯއިން ބުނީ، އަތޮޅުގެ ރަށްތަކަށް ގެންދާ މުދާ ގެންދިއުމުގެ މަސައްކަތް މިދިޔަ ބުދަދުވަހު ފަށާފައިވާކަމަށެވެ. މިގޮތުން ރަށްރަށުގެ ރައްޔިތުންނަށް. އެމުދާ ގޭބީސީ ތަކަށް ދޫކުރާނީ ރަށު ކައުންސިލުންކަމަށް އެސްޓީއޯއިން ބުނެއެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *