logo minivan

English

ބުރާސްފަތި, 19 ސެޕްޓެމްބަރ 2024
ފިތުރު ޒަކާތް ބަލައިގަންނަނީ.....

އަންނަ ހޯމަދުވަހުން ފެށިގެން ފިތުރު ޒަކާތް ބަލައިގަންނާނެ: ޒަކާތު ހައުސް

އަންނަ ހޯމަދުވަހުން ފެށިގެން މާލެއާ އަތޮޅުތެރޭގެ ރަށްރަށުން ފިތުރު ޒަކާތް ބަލައިގަންނަން ފަށާނޭކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފިއެވެ.

ޒަކާތު ހައުސްއިން ނެރުނު ބަޔާނެއްގައި ބުނީ، 1445 ވަނަ އަހަރުގެ ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާޗްމަހުގެ 11 ވަނަ ދުވަހުން ފެށިގެން ޖެހިގެން އަންނަ އޭޕްރިލްމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ފިތުރު ޒަކާތް، ދިރާގް، އުރީދޫ، މޯލްޑިވްސް އިސްލާމިކް ބޭންކް، ފަހިޕޭ އަދި ފިނޭންސްގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ބަލައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުނ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމަޔަށް ޒަކާތް ދެއްކޭނެއެވެ.

އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި، އޮންލައިނުކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ހާއްސަކޮށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ހޯލްގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައެވެ.

ރާއްޖެއިން ފިޠުރު ޒަކާތް ބަލައިގަންނަ ބާވަތްތަކާއި އަގުތައް

  • އާދައިގެ ހަނޑޫ- 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ- 70 ރުފިޔާ
  • ރަތް ހަނޑޫ- 80 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އާދައިގެ) – 70 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު) -100 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު) -125 ރުފިޔާ
  • އާދައިގެ ފުށް – 10 ރުފިޔާ
  • އާޓާ ފުށް – 75 ރުފިޔާ

ރަސްމީ ބަންދު ނޫސް ދުވަސްތަކުގައި ހެނދުނު 09:30 ހުން 13:00 ޒަކާތް ދެއްކޭއިރު، ފަހު ދިހައެއްގައި އަންނަ ސަރުކާރު ބަންދުވަސްތަކުގައި ކޮންމެ ދުވަހެއްގެ 11:00 އިން 14:00 އަށް ޒަކާތް ދެއްކޭނޭކަމަށް ޒަކާތު ހައުސްއިން ބުނެއެވެ.

 

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *