logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ތައްޔާރުކޮށްލަން ފަސޭހަ، މީރު މައިލޯ ޗޮކްލެޓް ބިސްކަޓް ޕުޑިން

ޗޮކްލެޓް ބިސްކަޓް ޕުޑިން އަކީ ކުޑަކުދިންނަށް ވެސް ވަރަށް ކަމުދާ، މަދުން ބަދިގެއަށް ވަންނަ ފިރިހެނުންނަށް ވެސް ފަސޭހަކަމާއެކު ތައްޔާރުކޮށްލެވޭ، މީރު ފޮނިއެއްޗެކެވެ.

ބޭނުންވާތަކެތި:

100  ގްރާމް ކެޑްބަރީ މިލްކް ޗޮކްލެޓް

5 މޭޒުމަތީ ސަމްސާ މައިލޯ

1 ޖޯޑު ދިޔާ ކިރު

1/2 ޖޯޑު ހޫނު ފެން

1 ޕެކެޓް މާރީ ބިސްކޯދު

ހަދާނެގޮތް:

1.އާދައިގެ ރޫމް ޓެމްޕަރޭޗަރ ގައި ޗޮކުލެޓު ކޮޅު ގިރާލެވޭވަރަށް ދިޔާވަންދެން ބަހައްޓާށެވެ.

2. މައިލޯ ފެނާއި އެއްކޮށް އޭގެ ތެރެއަށް ޗޮކްލެޓް ކޮޅު ވެސް އަޅާލާ ރަނގަޅަށް ގިރާލާށެވެ.

3. މާރީ ބިސްކޯދުތައް ކިރަށްލާ ފޯކޮށްލުމަށްފަހު ޓްރޭއެއްގައި އަތުރާލާށެވެ. މުޅި ޓްރޭ ފުރެންދެން އަތުރާށެވެ.

4. ގިރާފަހުރި ޗޮކްލެޓް މައިލޯ ސަމްސަލަކުން ބިސްކޯދުތަކުގެ މައްޗަށް އަޅާލާ ޗޮކްލެޓް ލޭޔާއެއްލާށެވެ. ބިސްކޯދުތަކުގައި ރަނގަޅަށް ޗޮކްލެޓްގަނޑު އުނގުޅެންވާނެއެވެ.

5. އަނެއްކާ ދެވަނަ ފަށަލައަށް ބިސްކޯދު އަތުރާ  އޭގެ މައްޗަށް އަނެއްކާވެސް ޗޮކްލެޓްގަނޑުގެ ފަށަލައެއް ވެސް އަޅާލާށެވެ. ބިސްކޯދާއި ޗޮކްލެޓް ހުސްވަންދެން މިހެން ހަދަމުން ގެންދާށެވެ.  އެންމެ ގިނައިން ޗޮކްލެޓު އަޅާނީ އެންމެ ފަހު ފަށަލައަށެވެ.

6. ޕުޑިންގް ރަނގަޅަށް ސެޓް ކުރުމަށް ފްރިޖްގައި 3 ގަޑިއިރުވަންދެން ބަހައްޓާލަންވާނެ އެވެ.

މި އަދަދުގެ ތަކެތިން 5 މީހުންގެ އާއިލާއަކަށް ވާވަރަށް ޕުޑިން ހަދާލެވޭނެއެވެ. އިތުރުކުރަން ބޭނުން ނަމަ ނިސްބަތުން އިތުރުކުރާށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ