logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ރެސިޕީ: ސްޕައިސީ ޗިކަން ސްލައިޑާސް

ސްޕައިސީ ޗިކެން ސްލައިޑާސް އަކީ ސިއްހަތައް ފައިދާ ހުރި ގިނަ ބާވަތްތަކެއް ހިމެނޭ އަދި ތައްޔާރުކޮށްލަން ފަސޭހަ ލުއި ކާނާއެކެވެ.

ބޭނުންވާތަކެތި:

  • 1 މޭޒުމަތީ ސަމްސާ ލޮނުމެދު
  • 1/2 ޖޯޑު ފިޔާ
  • 1 ޖޯޑު ބެލް ޕެޕާ
  • 400 ގްރާމް ކުކުޅު
  • 1 މޭޒުމަތީ ސަމްސާ ލޮނު
  • 1 މޭޒުމަތީ ސަމްސާ އަސޭމިރުސް
  • 1 މޭޒުމަތީ ސަމްސާ ޕެޕްރިކާ ޕައުޑާ
  • 1 މޭޒުމަތީ ސަމްސާ ސޯއި ސޯސް
  • 2-3 މޭޒުމަތީ ސަމްސާ މަޔޯނައިޒް
  • 12 ބަނަސް
  • ޓޮމާޓޯ ސޯސް
  • މޮޒެރެއްލާ ޗީޒް
  • ޗީޒް ސަލައިޒް
  • ބަޓާ

ތައްޔާރުކުރާނެ ގޮތް:

  1. 1-2 މޭޒުމަތީ ސަމްސާގެ ތެޔޮ އެޅުމަށްފަހު ކޮށާފައިހުރި ލޮނުމެދު ކޮޅާއި ފިޔާކޮޅު 3-2 މިނެޓަށް މީރުކޮއްލާށެވެ.
  2. ފިޔާ ކޮޅު މީރުކޮށްލުމަށްފަހު ބެލް ޕެޕާ އާއިއެކު އަނެއްކާވެސް 3-2 މިނެޓް ކައްކާލާށެވެ.
  3. އަދި އެއަށްފަހު ފެނު ކެއްކާފައި ހުރި ކުކުޅު ކުދި ކުދި ކޮށްލުމަށްފަހު އަޅާލާށެވެ. ދެން އޭގެ ތެރެއަށް ލޮނާއި އަސޭމިރުހާއި ޕެޕްރިކާ ޕައުޑާ އެއްކޮށްލުމަށްފަހު 4-3 މިނެޓް ރަނގަޅަށް އެއްކޮށްލާށެވެ.
  4. ސްޕައިސްތަކާއި ކުކުޅުކޮޅު ރަނގަޅަށް އެއްކޮށްލުމަށްފަހު ސޯއީ ސޯސް ކޮޅު އަޅައި އަނެއްކާވެސް 2-1 މިނެޓް އެއްކޮށްލާނީއެވެ.
  5. އެއަށްފަހު މަޔޯނައިޒް އަޅައި ރަނގަޅަށް އެއްކޮށްލުމުން ސްޕައިސީ ޗިކެން ތައްޔާރުވީއެވެ.
  6. ދެން ބަނަސްތައް މެދުން ފަޅިކޮށްލުމަށްފަހު ފުރަތަމަ ޓޮމާޓޯ ކެޗަޕް ހުރިހާ ބަނަހެއްގައި އެއްވަރަށް ހާކާލާށެވެ. އެއަށްފަހު އޭގެ މައްޗަށް މޮޒެރެއްލާ ޗީޒް އަތުރާނީއެވެ.
  7. އެއަށްފަހު އޭގެ މައްޗަށް ސްޕައިސީ ޗިކެންކޮޅު އެއްވަރަށް އަތުރާލުމަށްފަހު ކޮންމެ ބަނަހަކަށް ވާހެން ޗީޒް ސްލައިޒް އަތުރާލާނީއެވެ.
  8. ބަނަހުގެ މަތީބައިގައި މެލްޓް ކޮށްފައިހުރި ބަޓާކޮޅު ހާކާލުމަށްފަހު ޕްރީ ހީޓް ކޮށްފައި ހުރި އަވަނަށް 180 ސެލްސިއަސްއަށް 8-7 މިނެޓަށް ލާނީއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *