logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ނައިބް ރައީސް ހިލާލީގެއިން ނުކުމެވަޑައިގެންނެވި ވާހަކަ ދޮގުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ދިރިއުޅުއްވާ ހިލާލީގެއިން ނުކުމެވަޑައިގެންނެވި ކަމަށް މީޑިއާތަކުގައި ފެތުރެމުންދާ ވާހަކަތައް އެމަނިކުފާނު ދޮގު ކުރައްވައިފިއެވެ.

ނޫހަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހިލާލީގެއިން އެމަނިކުފާނު ނުކުމެވަޑައިގެން ވަނީ ހުޅުމާލޭ އެޕާޓްމަންޓަކަށް ބަދަލުވެ ވަޑައިގެންފައެވެ. އަދި އެ ނޫހުން ބުނެފައިވާ ގޮތުގައި އެމަނިކުފާނު ހިލާލީގެއިން ނުކުމެވަޑައިގަތީ، ސަރުކާރުގެ ތެރެއިން ޖާސޫސްކުރާތީއެވެ.

އެ ވާހަކަތައް ދޮގު ކުރައްވަމުން ނައިބު ރައީސް "އެކްސް" ގައި ކުރެެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި މުޅި މުޖްތަމައުގެ މަސްލަހަތު ހިމެނޭ މިފަދަ ވާހަތައް ފެތުރުމުގެ ކުރިން ކަމުގެ ހަގީގަތް އޮޅުން ފިލުވުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މިފަދަ ދޮގު ވާހަކަތައް ފެތުރުމަކީ މުޖުތަމުގައި ފިތުނަ ފަސާދަ އިތުރުވެ މަސްލަހަތު ގެއްލޭނެ ކަމެއް. މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް ގޮވާލަން" ނައިބް ރައީސް ވިދާޅުވިއެވެ.

ހިލާލީގޭގައި މަރާމާތުގެ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާތީ އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވަނީ އަމިއްލަ ގެކޮޅުގައެވެ. ވެރިކަމަށް ވަޑައިގަތް ފަހުން އަދި ހިލާލީ ގެއަށް އެމަނިކުފާނު ދިރިއުޅުން ބަދަލު ކުރައްވާފައި ނުވާކަމަށް ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މި ރޯދަ މަހުގެ ތެރޭގައި ނައިބު ރައީސް ހިލާލީގެއަށް ބަދަލުވާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ވެސް މުލިއާގޭގައި މަރާމާތުތަކެއް ކުރަން ހުރުމުގެ ސަބަބުން ފުރަތަމަ ދެ މަހެއްހާ ދުވަހު ދިރިއުޅުއްވީ އަމިއްލަ ގެކޮޅު ކަމަށްވާ ދިމްޔާތުގައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *