logo minivan

English

ހުކުރު, 18 އޮކްޓޯބަރ 2024

އުމްރާ ދަތުރަކާއިއެކު ހައްޖު ކޯޕަރޭޝަނުން ރަމަޟާން ކުއިޒެއް ފަށައިފި

އެންމެ ގިނަ ސުވާލުތަކުގެ ޖަވާބު ދިމާކޮށްގެން ގުރުއަތުން ހޮވޭ މީހަކަށް އުމްރާ ދަތުރެއް ލިބޭ ކުއިޒެއް ހައްޖު ކޯޕަރޭޝަނުން ފަށައިފިއެވެ.

"އެމްއެޗްސީއެލް ރަމަޟާން ކްއިޒް 1445″ ގެ ނަމުގައި ކުރިއަށްގެންދާ މި ކުއިޒަކީ ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކުއިޒެކެވެ.

އެގޮތުން، ހައްޖު ކޯޕަރޭޝަނުން ބުނީ ދީނީ މައުލޫމާތު އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ގުޅޭ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދިނުމަށް ފެށިގެންދިޔަ މި ކުއިޒްގައި ރަމަޟާންމަހުގެ ކޮންމެ ދުވަހެއްގައިވެސް 3 ސުވާލު އެ ކޯޕަރޭޝަންގެ ފޭސްބުކް ޕޭޖަށް އަޕްލޯޑްކޮށް ޖަވާބު ދިނުމުގެ ފުރުސަތަށް ހުޅުވާލެވޭނެ ކަމަށެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަކީ ހައްޖާއި އުމްރާއަށް ދާން ގަސްތުކުރާ ދިވެހި ރައްޔިތުންނަށް ފަސޭހަކަމާއެކު މަތިވެރި އަޅުކަން އަދާކުރެވޭނެ އިންތިޒާމް ހަމަޖައްސައިދީ، ހައްޖު އަދި އުމްރާގެ އަޅުކަން އަދާކުރުމުގެ ގަސްތުގައި ދުރާލާރާވައިގެން ރައްކާކުރާ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ އިތުބާރުހުރި ނިޒާމެއް ގާއިމްކުރުމުގެ މަގްސަދުގައި 2013 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފައްދާފައިވާ ސައްތައިން ސައްތަ ދިވެހި ސަރުކާރު ކުންފުންޏެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *