ޗޫރޯސް އަކީ މި ޒަމާނުގެ ކުދިންނަށް ވަރަށް ކަމުދާ އަދި ކޮކްލެޓަށް ލޯބިކުރާ މީހުންގެ މެދުގައި ވަރަށް މަގްބޫލު ފޮނިކާއެއްޗެކެވެ. އެކި ބައްޓަމަށް ތައްޔާރުކޮށްލެވޭ މި ޑެޒާޓަކީ ސްޕެނިޝް އަދި ޕޯޗުގީޒްގެ އުފެއްދުމެކެވެ.
ބޭނުންވާތަކެތި:
- 1 ތަށި ފެން
- 2 މޭޒުމަތީ ސަމްސާ ބަޓާ (28 ގްރާމް)
- 1 މޭޒުމަތީ ސަމްސާ ހަކުރު
- 1/8 ސައި ސަމްސާ ލޮނު
- 1 ޖޯޑު ފުއް
- 1 ބިސް
- 1 ސައި ސަމްސާ ވެނީލާ އެސެންސް
- 1/2 ޖޯޑު ހަކުރު
- 1 ސައި ސަމްސާ ސިނަމޮން
- 85 ގްރާމް ޗޮކްލެޓް
- 1/2 ޖޯޑު ހެވީ ކްރީމް
ތައްޔާރުކުރާނެ ގޮތް:
- ފުރަތަމަ 1 ތަށި ފެން، ބަޓާ، ހަކުރު އަދި ލޮނާއި އެކު މެދު ގިނީގައި އުނދުން މައްޗަށް އުދާނީއެވެ.
- އެއަށްފަހު އޭތި ކެކެން ފެށުމުން ފުއް އަޅައި ވަގުތުން އެއްކޮށްލާނީއެވެ. ފުއްގަނޑު އެއްކޮށް މަޑުވަންދެން އެއްކޮށްލުމަށްފަހު އުނދުން މަތިން ނަގާނީއެވެ.
- ދެން ތެލީގައި ފުއްގަނޑު ރީތިކޮށް ފަތުރާލުމަށްފަހު 5 ވަރަކަ މިނެޓް ބަހައްޓާށެވެ. ކުޑަކޮށް އިހޫވުމުން ބިހާއި ވެނީލާ އެސެންސް އެޅުމަށްފަހު އަނެއްކާވެސް ފުއްގަނޑު ރަނގަޅަށް އެއްކޮށްލާށެވެ.
- މިއީ އެކި ޝޭޕަށް ހެދޭ އެއްޗަކަށް ވާތީ އެކި ވައްތަރުގެ ޕައިޕިން ބޭގަށް އަޅައި އެކި ޝޭޕަށް ފުއްގަނޑު އެތުރޭނެއެވެ.
- އެއަށްފަހު ޗޫރޯސް ތެލުލުމަށް ތެޔޮ ހޫނު ކުރާނީއެވެ. އަދި ތެޔޮ ހޫނު ވުމުން ޗޫރޯސްތައް ތެލަށްލާ ކުޑަކޮށް ގޯލްޑެން ބްރައުން ވުމުން ނަގާނީއެވެ.
- ޗޫރޯސްތައް ތެލުން ނެގުމަށްފަހު ޓިޝޫއެއްގެ މަތީގައި 5 ވަރަކަ މިނެޓް ބާއްވާށެވެ. އެއަށްފަހު ހަކުރާއި ސިނަމޮން އެއްކޮށްލައި ކޮންމެ ޗޫރޯގައި ވަކި ވަކިން ހާކާނީއެވެ.
- ދެން ހޮޓް ޗޮކްލެޓް ހެދުމަށް ޗޮކްލެޓް ކުދި ކުދިކޮށް ކޮށުމަށްފަހު ހެވީ ކްރީމް ހޫނު ވަންދެން އުނދުން މައްޗަށް އުދާނީއެވެ. އަދި އަރިމަތިން ބޮކި އަރަން ފެށުމުން ނަގައި ޗޮކްލެޓް އާއި އެއްކޮށްލައި ރަނގަޅަށް މިކްސް ކޮށްލުމުން ހޮޓް ޗޮކްލެޓް ތައްޔާރުވީއެވެ.