logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ޗަމްޕާ ބްރަދާސްއިން ހަދިޔާކުރާ ކަރައާއި ކާއްޓާއި ފިޔާ ބެހުން މިރޭ

ރާއްޖޭގެ މަޝްހޫރު މަހުޖަނު އަހުމަދު މޫސާ (އުއްޗު) ގެ ކުންފުނި ޗަމްޕާ ބްރަދާސްއިން ރާއްޖޭގެ ރައްޔިތުންނަށް ހަދިޔާކުރި ކާށި، ފިޔާ އަދި ކަރާ ބެހުމުގެ މަސައްކަތް މިރޭ ފަށާނެ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މާލޭގައި ޗަމްޕާ ބްރަދާސްއިން ދޭ ކާށި، ފިޔާ އަދި ކަރާ ބެހުމަށް ހަމަޖެހިފައިވަނީ ތައިސޭ ކޮށީގައި ހުންނަ ސިޓީ ކައުންސިލްގެ އާންމު ހިދުމަތާ ބެހޭބައިންނެވެ. އަދި ހުޅުމާލެ އުމަރު ޒާހިރު ބިލްޑިންގް އިން ވެސް އެ ތަކެތި ލިބޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ސިޓީ ކައުންސިލްގެ އިއުލާނުގައި ބުނެފައިވަނީ އެ ތަކެތި ދޫކުރާނީ މިރޭ 09:00 އިން ފެށިގެން 12:00 އަށް ކަމަށެވެ. މާދަމާ ރޭ ވެސް 09:00 އިން ފެށިގެން 12:00 އަށް މި ތަކެތި ދޫކުރާނެ އެވެ.

ޗަމްޕާ ބްރަދާސްއިން ބެހުމަށް ނިންމާފައިވަނީ 50،000 ކާއްޓާއި، 50 ޓަނު ކަރާ އަދި 10 ޓަނު ފިޔާ އެވެ.

ޗަމްޕާ ބްރަދާސްއިން ހަދިޔާކުރާ ކާށި، ފިޔާ އަދި ކަރާ ބަލާދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދިއުމަށް ސިޓީ ކައުންސިލުން ވަނީ އަންގާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ