logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ދައުރު ހަމަވެ، ހަބީބް އީސީން ވަކިވެވަޑައިގެންފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގައި 21 އަހަރު ހިދުމަތް ކުރެއްވުމަށްފަހު އެ ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބް އެ ކޮމިޝަނުން ވަކިވެވަޑައިގެންފިއެވެ.

ހަބީބް އީސީން ވަކިވެވަޑައިގަތީ ކޮމިޝަންގެ މެންބަރުކަން ދެ ދައުރުގައި ކުރެއްވުމަށްފަހުއެވެ. އީސީގެ ގާނޫނުގައިވާ ގޮތުން ކޮމިޝަންގެ މެންބަރު ކަމުގައި ގިނަވެގެން ހުރެވެނީ 5 އަހަރުގެ ދެ ދައުރަށެވެ. ނަމަވެސް އެ މަގާމަށް ވަޑައިގަތުމުގެ ކުރިން ވެސް ހަބީބް ވަނީ ކޮމިޝަންގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އާންމު އިންތިހާބުތައް ރާވާ ހިންގުމުގައި، އިންތިހާބުތަކާބެހޭ އޮފީހުގެ މުވައްޒަފެއްގެ ހައިސިއްޔަތުންނާއި ކޮމިޝަންގެ މެންބަރެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ހިދުމަތްކުރަން ލިބުނު 21 އަހަރަކީ ދެމިހުންނާނެ ތަޖުރިބާތަކެއް ކަމަށެވެ.

އަދި މަސައްކަތުގައި މާހައުލުގައި ހޭދަކުރެއްވި މުއްދަތުގައި އެހީތެރިކަމާއި އެއްބާރުލުން ދެއްވި ހުރިހާ ފަރާތްތަކަކަށް ހަބީބް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރުކަމަށް ހަބީބް އެންމެ ފުރަތަމަ އައްޔަންކުރީ 2013 ވަނަ އަހަރުގެ މާޗް 13 ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެއަށްފަހު ފުރަތަމަ ދައުރު ހަމަވެ ދެވަނަ ދައުރަށް އައްޔަންކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުރުގައި 2019 ވަނަ އަހަރެވެ.

އީސީގެ މެންބަރުކަމުން ހަބީބް ވަކިވެވަޑައިގަތުމާ ގުޅިގެން މިއަދު ބޭއްވި އެ ކޮމިޝަންގެ އާންމު ޖަލްސާއިން ވަނީ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމަށް އއ. ފެރިދޫ، ހާލި، އަލްފާޟިލް އަލީ ނަޝާތު އައްޔަނު ކުރައްވާފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *