logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ކޮރަޕްޝަން ނައްތާލުމަށް އެންމެބޮޑަށް ހުރަސްއަޅަނީ ރައްޔިތުންގެ މަޖިލީހުން: އޭސީސީ

ރާއްޖެއިން ކޮރަޕްޝަން ނައްތާލުމަށް ކުރަމުންގެންދާ މަސައްކަތުގައި އެންމެބޮޑު ގޮންޖެހުމަކާ ކުރިމަތިލާންޖެހެނީ ރައްޔިތުންގެ މަޖިލީހުންކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރެފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައިވަނީ، ކޮރަޕްޝަނާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ކުރިއަށްދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީގޮތުން ކެރިފޯރުންތެރިކަން ނެތުންކަމަށެވެ. މިގޮތުން ކޮމިޝަނުން އެދެމުން އަންނަ ބަޖެޓް ކަނޑާލާކަން ފާހަގަކުރަމުން ކޮމިޝަނުން ބުނީ، އެކަމުގެ ނޭދެވޭ އަސަރު ހީ ނުކުރާހާ ބޮޑަށް ކޮމިޝަނުގެ މަސައްކަތްތަކަށް ކުރާ ކަމަށެވެ.

މިކަމުން ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް ދުރުރާސްތާ ވިސްނުމުގައި މިދިޔަ އަހަރު ކޮމިޝަނުން ވާނީ "މޯލްޑިވްސް އެންޓި ކޮރަޕްޝަން ޓްރަސްޓް ފަންޑެއް ގާއިމްކޮށްފައި ކަމަށާއި، މި ފަންޑަކީ ދުނިޔޭގެ މިފަދަ އެހެން ފަންޑުތަކާ ގުޅާލެވިފައިވާ މަންފާކުރާ ފަންޑަކަށް ހެދުމަކީ ކޮމިޝަނުގެ އަމާޒުކަމަށް މި ރިޕޯޓުގައި ވަނީ ބުނެފައެވެ.

އޭސީސީގެ މަސައްކަތްތައް ހަރުދަނާކުރުމަށް އިތުރު ވަސީލަތްތައް ބޭނުންވާކަން ފާހަގަކުރަމުން، ކޮމިޝަނަށް ވަކި ބިމަކާއި އިމާރާތެއް ބޭނުންވާ ކަމަށެވެ. މިގޮތުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ މިނިވަން މުސްތަގިއްލު މުއައްސަސާއަކަށް އެކަން ހަމަޖެހިފައި އޮންނަން ޖެހޭނޭ ކަމަށްވެސް ކޮމިޝަނުގެ ރިޕޯޓްގައި ވަނީ ބުނެފައެވެ.

އޭސީސީގެ މިދިޔަ އަހަރުގެ އުސްއަލިތައް:

  • ކޮމިޝަނަށް ހުށަހެޅުނު ޝަކުވާގެ އަދަދު: 1،151
  • ރަޖިސްޓްރީކުރި މައްސަލަތައް: 742
  • ކޮމިޝަނުން ނިންމި މައްސަލަތައް: 358
  • ދައުލަތަށް އަނބުރާ ހޯދުމަށް ނިންމާފައިވާ ފައިސާގެ އަދަދު: 74.1 މިލިއަން ރުފިޔާ
  • ދައުލަތަށް އަނބުރާ ހޯދުނު ފައިސާ: 234،531 ރުފިޔާ

އޭސީސީގެ މިދިޔަ އަހަރުގެ ރިޕޯޓްގައި ބުނެފައިވަނީ އެއްވެސް އިރެއްގައި ރާއްޖޭގައި ކޮރަޕްޝަނާމެދު އާއްމު ރައްޔިތުންނާއި ޖުމްލަކޮށް މުޅި މުޖުތަމައުގައި އޮތް ކަންބޮޑުވުން ވަޒަންކޮށް ދެނެގަނެ މިންކުރެވިފައި ނެތްކަމަށެވެ.

ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ކޮރަޕްޝަނާމެދު އާންމުން ދެކޭގޮތް ބެލުމުގެ ފުރަތަމަ ދިރާސާ ކުރެވިފައިވާކަން ފާހަގަކުރަމުން އޭސީސީން ބުނީ މިއީ ބޮޑު ކާމިޔާބެއް ކަމަށެވެ. މި ދިރާސާގެ އަލީގައި ކޮރަޕްޝަން ހުއްޓުވުމާއި ވިޔަނުދިނުމަށް މަސައްކަތް ތަރުތީބުކުރާނެ ގޮތްތައް ކަނޑައެޅުމަށް ނިންމުންތައް ނިންމޭނޭ ކަމަށްވެސް އޭސީސީން ބުނެއެވެ.

އެސީސީއަށް ދޭ ބަޖެޓް ކުޑަވުމުގެ މައްސަލައަކީ މީގެކުރިންވެސް އެތައް ފަހަރަކު އެ ކޮމިޝަނުން ފާހަގަކުރަމުން އަންނަ މައްސަލައެކެވެ. މިގޮތުން 2013 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުން އޭސީސީއަށް ކަނޑައެޅި ބަޖެޓް ކުޑަވެގެން އެ ކޮމިޝަނުން ވަނީ މަސައްކަތް ނުކުރެވޭނޭ ކަމަށްވެސް ބުނެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *