ކަނަމަދު ކޭކަކީ މީގެ ދެތިން އަހަރު ކުރިން ދިވެހިންގެ މެދުގައި ވަރަށް ބޮޑު މަގްބޫލު ކަމެއް ހޯދި ކޭކެވެ. ސައި ޕާޓީތަކާއި އެކި ކަހަލަ އިވެންޓްތަކުގައި ކަނަމަދު ކޭކަކީ ކޮންމެހެން ހުންނަންޖެހޭ ބާވަތެކެވެ. އަދި މިއީ ތައްޔާރުކޮށްލަން ފަސޭހަ، ގިނަ ސާމާނުތަކެއް ބޭނުންނުވާ މީރު ކޭކެކެވެ.
ބޭނުންވާތަކެތި:
ކޭކް ބަޓާއަށް ބޭނުންވާތަކެތި:
- 1 ޖޯޑު ފުއް
- 1 ސައި ސަމްސާ ބޭކިންގް ޕައުޑާ
- 3/4 ޖޯޑު ހަކުރު
- 3/4 ޖޯޑު ކަނަމަދު
- 150 އަންސޯލްޓެޑް ގްރާމް ބަޓާ
- 3 ބިސް
- 1 ސައި ސަމްސާ ވެނީލާ އެސެންސް
- 1/2 ޖޯޑު ކިރު
ކޭކް ޓޮޕިންގްއަށް ބޭނުންވާތަކެތި:
- 76 ގްރާމް އަންސޯލްޓެޑް ބަޓާ
- 1/3 ޖޯޑު ގެރިކިރު
- 1 ޖޯޑު ކިރު
- 1/8 ސައި ސަމްސާ ލޮނު
ތައްޔާރުކުރާނެ ގޮތް:
- ކަނަމަދު ކޭކް ތައްޔާރުކުރުމަށް ފުރަތަމަ ފުށާއި ބޭކިންގް ފައުޑާ ދެ ފަހަރު ފުރާނާނީއެވެ. އެއަށްފަހު ހަކުރުކޮޅު މިކްސްޓަރުން ހިމުންކޮށްލުމަށްފަހު ކަނަމަދު ކޮޅު ވެސް ހިމުން ކޮށްލާނީއެވެ.
- ދެން ކޭކްގެ ބަޓާ ތައްޔާރުކުރުމަށް ބޭނުންކުރާ ތައްޓަށް ފުރަތަމަ އަންސޯލްޓެޑް ބަޓާ އެޅުމަށްފަހު 3-2 މިނެޓަށް ރަނގަޅަށް އެއްކޮށްލާއެވެ. ބަޓާ ރަނގަޅަށް އެއްކޮށްލެވުމުން ހިމުން ކުރި ހަކުރު ކޮޅު އަޅާލުމަށްފަހު ޔެލޯ އިން ހުދު ކަހަލަ ކުލައަކަށް ބަދަލު ވަންދެން ރަނގަޅަށް އެއްކޮށްލާށެވެ.
- އެއަށްފަހު ކޭކް މިކްސް ތެރެއަށް ވެނީލާ އެސެންސް އަޅައި އެއްކޮށްލާށެވެ. ދެން އަޅާނީ ބިހެވެ. ކޮންމެ ބިހެއް ވަކި ވަކިން އެޅުމަށްފަހުވެސް ރަނގަޅަށް އެއްކޮށްލަން ޖެހޭނެއެވެ.
- އަދި އޭގެ ތެރެއަށް ފުށާއި ބޭކިންގް ފައުޑާގެ މިކްސް އަޅައި އެއްކޮށްލުމަށްފަހު ހިމުންކުރި ކަނަމަދު ކޮޅު އަޅައި އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާނީއެވެ. އެއަށްފަހު ކިރު އަޅައި ރަނގަޅަށް އެއްކޮށްލުމުން ކޭކް ބަޓާ ތައްޔާރުވީއެވެ.
- ދެން ފިހަންލާ ޓްރޭއަށް އެޅުމަށްފަހު ޕްރީ ހީޓް ކޮށްފައި ހުރި އަވަނަށް 170 ޑިގްރީ ސެލްސިއަސްއަށް 35-25 މިނެޓަށް ލާނީއެވެ.
- ކޭކް ފިހެންލުމަށްފަހު ކޭކްގެ ޓޮޕިން ހެދުމަށް މަޑު ގިނީގައި އަންސޯލްޓެޑް ބަޓާކޮޅު އުދާނީއެވެ. ބަޓާކޮޅު މެލްޓްވުމުން ގެރިިިރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
- ދެން އޭގެ ތެރެއަށް ކިރާއި ލޮނު އެޅުމަށްފަހު އޮލަވަންދެން މަޑު ގިނީގައި ކައްކާލާށެވެ.
- ކޭކް ފިހާ ނިމުމުން ނަގައި ދެ ފަޅު ކޮށްލުމަށްފަހު ކޭކް ޓްފިންގްސް ކޮޅެއް އެތެރޭގައި ހާކައިލުމަށްފަހު މައްޗަށް ވެސް އަޅާށެވެ. އަދި ކަނަމަދު ހިމުން ކުރުމަށްފަހު ވެސް މައްޗަށް އެޅޭނެއެވެ.