ރެޑް ވެލްވެޓް ބްރައުނީސް އަކީ ގޭގައި ތައްޔާރުކޮށްލަން ފަސޭހަ، ޕާޓީތަކަށާއި ރޯދަ ވީއްލުމަށް ފޮނިކާއެއްޗެއްގެ ގޮތުން ކާލަން މީރު އެއްޗެކެވެ.
ބޭނުންވާތަކެތި:
އައިސިންގ އަށް ބޭނުންވާތަކެތި:
- 114 ގްރާމް ކްރީމް ޗީޒް
- 2 މޭޒުމަތީ ސަމްސާ ހަކުރު
- 1/4 ވެނީލާ އެސެންސް
- 1 ބިސް
ބްރައުނީއަށް ބޭނުންވާތަކެތި:
- 1/2 ޖޯޑު އަން ސޯލްޓަޑް ބަޓާ (ދިޔާކޮށްފައި)
- 1/4 ކޮކޯ ޕައުޑާ
- 1 ޖޯޑު ހަކުރު
- 2 މޭޒުމަތީ ސަމްސާ ވެނީލާ އެސެންސް
- 2 ބިސް
- 1 1/2 ސައި ސަމްސާ ފުޑް ކަލަރިންގް (ރަތް ކުލަ)
- 1 ސައި ސަމްސާ ވިނެގާ
- 3/4 ޖޯޑު ފުއް
- 1/2 ސައި ސަމްސާ ލޮނު
ތައްޔާރުކުރާނެގޮތް:
- އައިސިންގް ތައްޔާރުކުރުމަށް ބޯތައްޓަކަށް ކްރީމް ޗީޒް، ހަކުރު، ވެނީލާ އެސެންސް އަދި ބިސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.
- އެއަށްފަހު ބްރައުނީ ތައްޔާރުކުރުމަށް ތައްޓަކަށް އަންސޯލްޓަޑް ބަޓަރާއި ކޮކޯ ޕައުޑާ އެޅުމަށްފަހު ރަނގަޅަސް އެއްކޮށްލާށެވެ. ދެން މީގެ ތެރެއަށް ހަކުރު އަޅައި އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާނީއެވެ.
- ދެން އަޅާނީ ވެނީލާ އެސެންސާއި ބިހެވެ. އެއަށްފަހު ރަނގަޅަށް އެއްކޮށްލުމަށްފަހު ފުޑް ކަލަރިންގް (ރަތް ކުލަ) އަޅައި އެއްކޮށްލުމަށްފަހު ވިނެގާ އަޅައި އަނެއްކާވެސް އެއްކޮށްލާނީއެވެ.
- އެއަށްފަހު ފުށް އަދި ލޮނު އަޅައި އެއްކޮށްލުމުން ރެޑް ވެލްވެޓް ބްރައުނީ ބަޓާ ތައްޔާރުވީއެވެ.
- ޓްރޭއެއްގައި ބަޓަރު ހޭކުމަށްފަހު ތައްޔާރުކުރި މިކްސް އަޅާލާށެވެ. އަދި 350 ޑިގްރީ ސެލްސިއަސްއަށް ހޫނުކުރެވިފައިވާ އަވަނެއްގައި 25-22 މިނެޓް ވަންދެން ފިހެލާށެވެ.
- ފިހަން ލީ މިކްސް ފިހެވުމުން ހިހޫ ކުރުމަށްފަހު ބްރައުނީސްތަކުގެ ބައްޓަމަށް ކަފާލުމަށްފަހު މަތީގައި އައިސިންގް ފަތުރާލާށެވެ.