ފަލަސްތީނުގެ މުސްލިމުންނަށް ނަސްރު ދިނުމަށް އެދި ކުރާ ދުއާ ހުކުރު ހުތުބާ އިން އުނިނުކުރާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މިހެން ވިދާޅުވީ ހުކުރު ޚުތުބާ އިން އެ ދުއާ މިދިޔަ މަހުން ފެށިގެން އުނިކޮށްފައިވާ ކަމަށް ބުނެ މީޑިއާއަކުން ރިޕޯޓްކޮށްފައިވާތީ އެވެ. މިނިސްޓަރު ޝަހީމު ވިދާޅުވީ ފަލަސްތީނުގެ މުސްލިމުންނަށް ނަސްރު ދިނުމަށް އެދި ކުރާ ދުއާ ކޮންމެ ހުކުރު ހުތުބާއެއްގައި މެދުނުކެނޑި ނެތި އަންނަ ކަމަށެވެ.
އިއްޔެގެ ހުކުރު ހުތުބާގައި ވެސް އެ ދުއާ ހިމެނުނުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެހެންވެ އެ ދުއާ އުނކުރިކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތާ ހިލާފް ވާހަކައެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.