logo minivan

English

އާދިއްތަ, 08 ސެޕްޓެމްބަރ 2024

ގެތަކުގެ ކަރަންޓް ބިލު ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް މައާފުކޮށްދީފި

އާއްމު ގޭބިސީތަކުގެ ކަރަންޓް ބިލު ނުދައްކައިގެން އަރާފައިވާ ހުރިހާ ޖޫރިމަނާ ފައިސާ، މައާފްކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފުއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، އާއްމު ގޭބިސީތަކުގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ އެއްކޮށް މަޢާފުކުރަން ނިންމާ ކަމޭބެހޭ ކުންފުނިތަކަށް ދަންނަވާފައިވާކަމަށެވެ.

ޖޫޜިމަނާ މައާފްކުރަން ނިންމެވި މައިގަނޑު ސަބަބަކީ ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، އިތުރު ލުޔެއް ދިނުމުގެ ގޮތުންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ޖޫރިމަނާ މައާފްކުރުމުގެ އިތުރުން، ބިލްތައް ނުދެއްކި ހުރި ފައިސާ ވީހާވެސް ލުއި ފަސޭހަގޮތެއްގައި ދެއްކޭނޭ ގޮތަށް އެއްބަސްވުން ހެދުމަށް ކަރަންޓްގެ ހިދުމަތްދޭ ކުންފުނިތަކަށްދަންނަވާފައިވާކަމަށެވެ.

ކަރަންޓް ބިލު ނުދައްކައިގެން ގޭބިސީތަކުގެ ބިލްތަކަށް އަރާފައިވާ ޖޫރިމަނާ މައާފްކުރުމަށް ސަރުކާރުން ނިންމާފައިވާއިރު، މީގެ ކުރިން ރައީސް ޑރ.މުއިއްޒު ވަނީ ރޯދަމަހު ގޭބިސީތަކުގެ ކަރަންޓާއި ފެން ބިލް ބޮޑުނުވާނޭ އިންތިޒާމެއް ހަމަޖައްސަވާނޭކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *