logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ކަރާ ކިލޯއެއްގެ އަގު 12 ރުފިޔާއަށް ވެއްޓިއްޖެ

ބާޒާރުގައި ކަރާ ކިލޯއެއްގެ އަގު 12 ރުފިޔާއަށް ވެއްޓިއްޖެއެވެ.

މިފަހަރުގެ ރޯދަމަސް ފެށުނުއިރު ބާޒާރުގައި ކަރާގެ އަގުހުރިގޮތަށް ބަލާއިރު، އިންޑިއާ ކަރާ ކިލޯއެއް 25 ރުފިޔާއަށް ލިބެންހުއްޓެވެ.

ރޯދަމަސް ފެށުނުއިރު ދަތުރުވެރިންގެ މާރުކޭޓުގައި އެންމެގިނައިން ލިބެންހުރީ އިންޑިއާ ކަރައެވެ. ނަމަވެސް މިހާރު ތޮއްޑޫ، ކާށިދޫ އަދި ގޮއިދޫ ފަދަ ރަށްތަކުން ގިނަ އަދަދަކަށް ބާޒާރަށް ކަރާ ގެންނަން ފެށުމާއެކު ކަރާގެ އަގު ވަނީ ވަރަށްބޮޑަށް ދަށަށްގޮސްފައެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު ތޮއްޑޫ ކަރާ ކިލޯއެއް 15 ރުފިޔާއަށް ލިބެންހުރިއިރު، އަވައްޓެރި އިންޑިއާއިން އެތެރެކޮށް ވިއްކާ ކަރާ ކިލޯއެއް 12 ރުފިޔާއަށް ލިބެން ހުއްޓެވެ. މާލޭ ބާޒާރަށް ގިނަ އަދަދަކަށް ކަރާ ގެންނަ ތޮއްޑޫ ދަނޑުވެރިއަކު ބުނީ، ކުރިއަށްމިއޮތް ހަފްތާގެ ތެރޭގައި ބާޒާރުގައި ކަރާގެ އަގު ދާނީ ހެޔޮވަމުން ކަމަށެވެ. ނަމަވެސް ހަ ރޯދައާ ހިސާބުން ކަރާގެ އަގު ކޮންމެވެސް ވަރަކަށް އުފުލުމުގެ ފުރުސަތު އެބައޮތްކަަމަށް އޭނާ ފާހަގަކުރިއެވެ.

ބާޒާރުގައި ކަރާގެ އަގު ވަރަށްބޮޑަށް ދަށަށްގޮސްފައިމިވަނީ އިންޑިއާއިންވެސް ކަރާ ގެންނަ އަދަދު ވަރަށްބޮޑަށް އިތުރުވުމާ ގުޅިގެންނެވެ.

މިފަހަރުގެ ރޯދަމަހަކީ މި ފަހަކަށް އައިސް ކަރާގެ އަގު އެންމެބޮޑަށް ހެޔޮވި އެއް ރޯދަމަހެވެ. މިދިޔަ ރޯދަމަސްތަކުގައި ކަރާ ކިލޯއެއް ވިއްކަމުން ދިޔައީ 20 ރުފިޔާއިން މަތީގެ އަގުތަކެއްގައެވެ.

ކަރާގެ އިތުރުން ރޯދަމަސް ފެށުނުއިރު ބާޒާރުގައި އަގު ރަނަށްވެގެންދިޔަ ކަނޑޫދޫ މިރުހުގެ އަގުވެސް މިހާރުވަނީ ވަރަށްބޮޑަށް ވެއްޓިފައެވެ. މީގެ ހަފްތާއެއް ކުރިން ދަތުރުވެރިންގެ މާރުކޭޓުގައި ކަނޑޫދޫ މިރުސް ކިލޯއެއް 800 ރުފިޔާއަށް އަރައިގެން ދިޔަނަމަވެސް މިއަދު ކަނޑޫދޫ މިރުސް ކިލޯއެއް 300 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ