ފިތުރު އީދާއި ދިމާކޮށް، ޖުމްހޫރީ މައިދާނުގައި ހަދާފައިވާ ފެންއަރުވާ ވަޑާން މަރާމަތުކުރުމަށްފަހު އަލުން ހުޅުވަން ނިންމައިފިއެވެ.
މިކަމާ ގުޅިގެން ކައުންސިލްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފު އުމަރު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ ޖުމުހޫރީ މައިދާނުގައި ހަލާކުވެ ވީރާނާ ވަމުންދާ ފެން އަރުވާ ވަޑާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެދިވަޑައިގަތުމަކަށް މަރާމާތު ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.
އެ ތަން މަރާމާތު ކުރުމުގެ މަސައްކަތް ފަށައި ރޯދައަށް ހުޅުވާލަން މަސައްކަތްކުރި ނަމަވެސް ވަރަށް ބޮޑަށް މަރާމާތުކުރަން ޖެހުމުން އެ ތާރީހަށް ވަނީ ހުޅުވޭގޮތް ނުވެފައެވެ.
Jumhooree maidhaanugai halaakuve, veeraanaa vamundhiya fen aruvaavadaan (water fountain) @MMuizzu ge khaassa edhivadaigathumakah maraamaathukoh, Kuda Eid ah alun hulhuvumuge masakkaiy baarah kuriah ebadhey. pic.twitter.com/hGqVn6HHa0
— Adam Shareef Umar (@Adamshareefz) April 2, 2024
ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގުގެ ކުރިމަތީގައި އޮންނަ ޖުމްހޫރީ މައިދާނުގައި ފެންއަރުވާ ވަޑާން ހެދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އެތަން ހެދީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މިއީ 28 މީޓަރު ފުޅާ އަދި 28 މީޓަރު ދިގު ފެންއަރުވާ ވަޑާމެކެވެ.