logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024
އިސްލާމިކް މިނިސްޓަރު ޝަހީމް އަހާ ފޯރަމުގައި ވާހަކަދައްކަވަނީ

ޔަތީމު ކުދިން ބޮޑުވަންދެން ޒަކާތު ހައުސްއިން ދާއިމީ އެހީތެރިކަމެއް ލިބޭނެ ނިޒާމެއް ގާއިމުކުރަނީ

ޔަތީމު ކުދިން ބޮޑުވަންދެން ޒަކާތު ހައުސްއިން ދާއިމީ އެހީތެރިކަމެއް ލިބޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެކަމާ ގުޅިގެން މިނިސްޓަރ "އެކްސް" ގައި ކުރެއްވި ފޯސްޓެއްގައި ވިދާޅުވީ ޔަތީމު ކުދިންނަށް ޒަކާތު ހައުސްއިން ދާއިމީ ގޮތެއްގައި ކޮންމެ އަހަރަކު މާލީ އެހީތެރިކަމެއް ދެވޭނެ ގޮތަކަށް ނިޒާމެއް ގާއިމުކުރައްވާނެ ކަމަށާއި މި ނިޒާމުގެ ދަށުން އެކުދިން ބޮޑުވަންދެން ކޮންމެ އަހަރަކު އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.

ރައީސް މުއިއްޒުގެ ސަރުކާރުގައި މޯލްޑިވްސް ޒަކާތު ހައުސް އިފުތިތާހުކުރީ މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅުގައެވެ.

"މޯލްޑިވްސް ޒަކާތު ހައުސް" ގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމާއި ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިއުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ހިމެނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ