logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މަޖިލިސް އިންތިހާބަށް ތިންލައްކައެއްހާ ވޯޓު ކަރުދާސް ޗާޕުކޮށްފި

އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 287،462 ވޯޓު ކަރުދާސް ޗާޕުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނީ މަޖިލިސް އިންތިހާބަށް ވޯޓު ކަރުދާސް ޕްރިންޓް ކޮށްފައިވަނީ ނޮވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްގެން ކަމަށެވެ.

އާދީއްތަ ދުވަހު ބާއްވާ އިންތިހާބަށް ޕްރިންޓްކުރި ވޯޓު ކަރުދާހުގެ އަދަދު އާންމުކޮށްފައިވާއިރު، އިންތިހާބަށް ޗާޕުކުރާ ވޯޓު ކަރުދާހުގެ އަދަދު އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން އާންމު ކުރަން ޖެހެއެވެ.

މި އިންތިހާބުގައި 93 ދާއިރާއަކަށް 368 ކެންޑިޑޭޓުން ވާދަކުރެއެވެ. އަދި ޖުމްލަ 284،663 މީހަކަށް މި އިންތިބުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ ކަމަށް އީސީން ވަނީ ހާމަކޮށްފައެވެ.

އެގޮތުން، މި އިންތިހާބުގައި 602 ވޯޓުފޮށި ބަހައްޓާއިރު، މާލެ ސަރަހައްދުގައި 241 ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ މާލޭގައި 181 ފޮށި، ހުޅުމާލޭގައި 51 ފޮށި އަދި ވިލިމާލޭގައި 9 ވޯޓު ފޮށްޓެވެ. އަދި އަތޮޅު ތަކުގައި 319 ވޯޓު ފޮށި ބަހައްޓާއިރު، ރާއްޖޭން ބޭރުގެ 3 ގައުމެއްގައި ވޯޓު ފޮށި، ރިސޯޓުތަކުގައި 34 ވޯޓު ފޮށި އަދި ޖަލުތަކުގައި 5 ވޯޓު ފޮށި ބެހެއްޓުމަށް ވެސް ވަނީ ނިންމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރު ކުރުމުގެ ގޮތުން އީސީން މިހާރު އަންނަނީ އިންތިހާބަށް ބޭނުންވާ ތަކެތި ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ