logo minivan

English

އާދިއްތަ, 24 ނޮވެމްބަރ 2024

ވޯޓުލުމަށް ދީފައިވާ ގަޑި ހަމަވިއިރު، ވޯޓުލާފައިވަނީ 72 އިންސައްތަ މީހުން: އިލެކްޝަންސް

ކުރިއަށްއޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ވޯޓުލާގަޑި ހަމަވިއިރު، ވޯޓުލާފައިވަނީ 72.96 އިންސައްތަ މީހުންކަމަށް އިލެކްޝަނުން ބުނެފިއެވެ.

އިލެކްޝަނުން ބުނީ ވޯޓުލުމަށް ދީފައިވާ ގަޑި 17:30 ގައި ހަމަވިވިއިރު، ވޯޓުލާފައިވަނީ ޖުމްލަ 207،693 މީހުން ކަމަށެވެ.

އިންތިހާބުގައި ވޯޓުނުލާ މީހުންގެ އިންސައްތައަކީ 27.04 އެވެ. އެއީ 76،970 މީހުންނެވެ. އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބަށް ބަލާއިރު، ވޯޓުލާން ގިނައިން ނިކުމެފައިވަނީ ފިރިހެނުންނެވެ. އެއީ 104،826 މީޙުންނެވެ. ވޯޓްލާން ނިކުތް އަންހެނުންގެ އަދަދަކީ 102،867 އެވެ.

މިފަހަރުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 284,663 މީހަކަށް ލިބިފައިވާއިރު، 602 ވޯޓްފޮށި ވަނީ ބަހައްޓާފައެވެ. ވޯޓުލުން 8 ކުން ފެށިގެން ކުރިއަށްދާއިރު، ވޯޓުލެވޭނެ އެންމެ ފަހުގަޑިއަކީ ހަވީރު 17:30 އެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *