logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

މެޑިސިން ކިޔަވާކުދިންނަށް ދަރުމަވަންތަ ހޮސްޕިޓަލުން އަލުން ޖާގަދެއްވާނެ ކަމުގެ ފެހި ސިގުނަލް ރައީސް އޮފީހުން ދީފި

ދަރުމަވަންތަ ހޮސްޕިޓަލްގެ އިމާރާތުގެ ދެ ފަންގިފިލާ ކުރިއެކޭ އެއްގޮތަށް ރާއްޖޭގެ ގައުމީ ޔުނިވަސީޓީ (އެމްއެންޔޫ) މެޑިސިން ކިޔަވާ ދަރިވަރުންނަށް ބޭނުން ކުރެވޭނެ ކަމުގެ އުންމީދު އާވެފައި ވާކަމަށް އެ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން ބުނެފި އެވެ.

ރައީސް އޮފީހާ އެކު ބޭއްވި ބައްދަލުވުމަށް ފަހު އާންމު ކުރި ބަޔާނުގައި ދަރިވަރުންގެ ޔޫނިއަން ބުނެފައި ވަނީ މި މަޝްވަރާގައި ރައީސް އޮފީހުގެ އިސް ބޭފުޅުންނާއި، އައިޖީއެމްއެޗް އަދި އެމްއެންޔޫޫ ބައިވެރިވި ކަމަށެވެ. އަދި މި ބައްދަލުވުވުމުގައި ސަރުކާރުން މެޑިސިން ކިޔަވާ ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ ގޮތަކަށް އެއްވެސް ކަމެއް ނުހިންގާނެ ކަމުގެ ޔަގީންކަން ދިން ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ ދަރިވަރުންގެ ހައްގުތައް ރައްކާތެރިކުރުމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން، އެކަަމަށް އިސްކަން ދެއްވާކަމާއި، މިހާރަވަށްވުރެ ފުރިހަމަ ފެސިލިޓީއެއް ގާއިމްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދިން ކަމަށެވެ. އަދި ސިއްހީ ދާއިރާއަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް އިސްކަމެއް ދެއްވައިގެން ކުރިއަރުވަން ބޭނުންވާ ދާއިރާއެއްކަން ފާހަގަކުރެއްވި ކަމަށެވެ.

ޔޫނިއަން ބުނި ގޮތުގައި ބައްދަލުވުމުގައި ކުރެވުނު މަޝްވަރާއާއި ބައްދުވުމުގައކ ސަރުކާރުން ވަނީ ދަރިވަރުންނަށް ދެރަގޮތެއް ނުވާނެ ކަމުގެ އުއްމީދު ދީފަ އެވެ.

މިއީ އެތައް ދަރިވަރުންނެއްގެ މަސްލަހަތު ހިމެނޭ ކަމަކަށްވުމާއި އެކު، މެޑިސިން ކިޔަވާ 200 އަށް ވުރެ ގިނަ ދަރިވަރުންނަށް ދާއިމީ ހިޔާވަހިކަމެއް ލިބެންދެން ދަރުމަވަންތަ ހޮސްޕިޓަލުގެ 8 އަދި 14 ވަނަ ފަންގިފިލާފައި ތިބުމުގެ އުންމީދު އާވެފައިވާކަމަށް ވެސް ދަރިވަރުންގެ ޔޫނިއަން ފާހަގަ ކުރި އެވެ.

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ