logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

އަންހެނުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް މުއައްސަސާތަކުގައި އަންހެނުންގެ ދައުރު ފުޅާކުރަންޖެހޭ: ސާޖިދާ

މުއައްސަސާތަކުގައި އަންހެނުންގެ ދައުރު ފުޅާ ކުރުމުން އަންހެނުންނަށް ދިމާވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދަން ފަސޭހަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބުކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި “މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީ”ގެ ދެވަނަ ދައުރު އިފުތިތާޙު ކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ ފުލުހުންގެ ދައުރަކީ މުހިންމު ދައުރެއް ކަމަށާއި އަދި އޭގެ ތެރެއިންވެސް އަންހެން ފުލުހުންގެ ދައުރަކީ ވަރަށް ބޮޑަށް މުހިންމު ދައުރެއް ކަމަށެވެ.

ފުލުހުންގެ މުއައްސަސާގައި އަންހެނުންގެ ދައުރަކީ މުހިންމު ދައުރެއް ކަމަށާއި، އަދި އަންހެނުންގެ ބާރު ހަރުދަނާކުރުމާއި އަންހެނުންގެ ދައުރު ފުޅާވެއްޖެނަމަ އެކަމުގެ ނަތިއްޖާ ރަނގަޅު ވެގެންދާނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީން އެކުލަވާލެއްވި ފޮތް،މޯލްޑިވްސް ވިމެން އިން ޕޮލިސިންގ މަންތްލީ ނިއުސް ލެޓަ "ސްޕެޝަލް އިނައުގުރަލް އިޝޫ" އެކަމަނާ ވަނީ އިފްތިތާޙު ކޮށްދެއްވާފަ އެވެ.

ސާޖިދާ ވިދާޅުވީ އަންހެނުގެ ހުނަރާއި ޤާބިލުކަން މުޖުތަމައުގައި އިތުރުވުމުން، އަންހެނުންނަށް ދިމާވާ މައްސަލަތަކަށް ހައްލު ކުރުމަށް ވެސް ފަސޭހަ ވެގެންދާނެ ކަމަށެވެ. އެހެން ކަމުން ކަންކަމުގައި އެންހެނުން ބާރުވެރި ކުރުވަން ޖެހޭކަން ސާޖިދާ ފާހަގަ ކުރެއްވިއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *