logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ފާތުމަތު ހަބީބާއަށް މަޖިލީހުން ރުހުންދީފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް ފާތިމަތު ހަބީބާ (ފޮޓޯ) އައްޔަން ކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު މަޖިލިސް ޖަލްސާގައި ދެ ނަމަކަށް ވޯޓަށް އަހައިފައި ވެއެވެ. އެއީ އަބްދުލް ހަސީބު އިސްމާއިލާއި، ފާތިމަތު ހަބީބާގެ ނަމަށެވެ. ހަސީބުއަށް ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 37 މެމްބަރުންގެ ތެރެއިން ހަސީބަށް ރުހުން ދޭން ވޯޓުދިނީ 18 މެމްބަރުންނެވެ. ރުހުން ނުދޭން 19 މެމްބަރުން ވޯޓު ދިނެވެ.

ހަބީބާއަށް ރުހުން ދިނުމާ މެދު، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުން ވަނީ އޭނާއަށް ރުހުން ދިނުމަށް ވޯޓު ދީފައެވެ.

ސީއެސްސީގެ މެންބަރުކަމުގެ ގޮނޑި ހުސްވެފައިވަނީ އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި ފާތިމަތު އާމިރާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.

މިހާރު އެކޮމިޝަންގައި ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު އާއި ނައިބު ރައީސް އިބްރާހީމް ރަޝީދުގެ އިތުރުބް މެންބަރު މުހައްމަދު ފަރުސަތު އަދު މެންބަރު ފާތިމަތު ޝަރީފުއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *