ރަޝިޔާއިން ރައްޔިތު ކަމަށް އެދޭ ބިދޭސީންގެ އެޕްލިކޭޝަންތައް ހިމެނޭ ގަވާއިދުތަކަށް ލުއި ދީފައިވާއިރު، ޕާސްޕޯޓް ފޮޓޯތަކުގައި ބުރުގާ އެޅުމާއި ހިޖާބު އެޅުމުގެ ހުއްދަ ދޭނެ ކަމަށް ރަޝިޔާގެ އިންޓީރިއާ މިނިސްޓްރީން މިދިޔަ ބުދަ ދުވަހު ބުނެފި އެވެ.
ރަޝިޔާއިން ބުނިގޮތުގައި މި އުސޫލު ލުއިކޮށް ރަޝިޔާގެ މުސްލިމުންނާއި ރަޝީޔާގައި އަލަން ވަޒަންވެރިވާ މުސްލިމު އަންހެނުންގެ އެންމެ އަސާސީ ހައްގުކަމުގައިވާ ވިހައިވުމުގެ ހައްގު ވީއެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދިނުމަށް ނިންމާފައިވަނީ މުސްލިމުންނަށް ރަޝިޔާއިން އިހްތިރާމުކުރުމާއެކު ހުރިހާ ހާލަތެއްގައިވެސް މަރުހަބާކިޔާކަން ހާމަކޮށްދިނުމަށެވެ.
ރަޝިޔާއަކީ އިޒްރޭލުގެ އަނިޔާވެރިކަން އެންމެ ހަރުކަށިކޮށް ކުށްވެރިކުރަމުން ގެންދާ އެއްގައުމެވެ. އަދި އިޒްރޭލުން މިހާރު ކުރިއަށް ގެންދާ ނަސްލު ނައްތާލުމުގެ ނޭއްގާނީ އަނިޔާވެރި އަމަލު ވަގުތުން ހުއްޓާލުމަށް ވެސް ރަޝިޔާއިން ތަކުރާރުކޮށް ގޮވާލާފައިވެއެވެ.
ޕާސްޕޯޓާއި ޑްރައިވިން ލައިސަންސާއި ވޯކް ޕާމިޓަށް އެދި ހުށަހަޅާއިރު ރަޝިޔާގެ ރައްޔިތުންނަށް ހިޖާބުގައި ހުންނަ ފޮޓޯ ބޭނުންކުރުމުގެ ހުއްދަ މިހާރުވެސް ކަމާބެހޭ ފަރާތްތަކުން ހުއްދަކުރެއެވެ. އާ ގަވާއިދުން އެ ލުއިތައް ވަނީ އިތުރަށް ފުޅާކޮށްފައެވެ.