logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ދުޅަހެޔޮ ކަމަށްޓަކައި ކޮންމެ ދުވަހަކުވެސް ބޯންވީ ލުނބޯފެން

އެމެރިކާގެ އެގްރިކަލްޗަރު ޑިޕާޓްމަންޓްއިން ބުނެފައިވާ ގޮތުގައި ޑައިމީޓަރުގައި ދެ އިންޗި ހުންނަވަރުގެ އޭޝިޔާ ލުނބޯލެއްގައި އިންސާނެއްގެ ދުޅަހެޔޮ ކަމަށް ކޮންމެހެން ބޭނުންވާ މުހިއްމު ބައިތަކެއް ހިމެނެއެވެ. އެވަރުގެ ލުނބޮއެއްގައި 20 ކެލޮރީސް ހުންނައިރު، 22 މިލިގްރާމުގެ ކެލްސިއަމް ހުރެއެވެ. ބާރަ މިލިގްރާމުގެ ފޮސްފޮރަސްއާއި 68 މިލިގްރާމުގެ ޕޮޓޭސިއަމާއި 19.5 މިލިގްރާމުގެ ވިޓަމިންސީ، އިންސާނެއްގެ ހަށިގަނޑަށް ދުވާލަކަށް ބޭނުންވާ ވިޓަމިންސީގެ 25 ޕަސެންޓް، ހިމެނެއެވެ. އެހެންވެ، ނިއުޓްރިޝަންގެ ތަޖުރިބާކާރުން އިރުޝާދު ދެއްވަނީ ގިނަގިނައިން ލުނބޯ ފެން ބުއިމަށެވެ. އޭރުން ހަށިގަނޑަށް ބޭނުންވާ ފެނާއެކު މުހިއްމު އެތައް ފައިދާއެއް ލިބިގެންދެއެވެ.

ލުނބޯ ފެނުގެ ސަބަބުން ހަޖަމުގެ ނިޒާމުގެ މަސައްކަތްތައް ހަލުވިކޮށްދީ، ފަސޭހައިން ހަމަޖުކުރުމަށް އެހީވެދެއެވެ. އަދި ހަށިގަނޑުގައި ޖަހާފައިވާ ސަރުބީތައް ވިރުވާލަދެއެވެ.

ކޮންމެ ދުވަހަކު ހެނދުނު ލުނބޯ ފެން ތައްޓެއް ބޯން އާދަކުރާށެވެ. މިއީ ބައެއް ބާވަތުގެ ކެންސަރުން މީހާ ސަލާމަތް ކޮށްދޭނެ ކަމެއް ކަމަށް ވަރަށް ގިނަ ދިރާސާތަކުން ވަނީ ދައްކާފައެވެ.

ވިޓަމިންސީ އާއި އެންޓިއޮކްސިޑެންޓުން މުއްސަނދިވެފައިވާ ލުނބޯ، ފެނަށް އަޅައިގެން އޭގެ ފެން ބޯން އާދަކޮށްފިނަމަ ހަންގަނޑުގެ ޒުވާންކަން ދަމަހައްޓައިދިނުމުގެ އިތުރުން، ދިފާޢީ ނިޒާމު ވަރުގަދަކޮށްދެއެވެ.

ހިކެން ބޭނުންވޭ ހެއްޔެވެ؟ ލުނބޯ ފެނަކީ އެންމެ ބަރާބަރު ބުއިމެވެ. އަދި ހިތުގެ ބަލީގެ ނުރައްކާ ކުޑަކޮށްދެއެވެ. ބްލަޑް ޝުގާ ދަށްކުރެއެވެ. އަދި އަނގަޔާއި ނޭވާލުމުގެ ނިޒާމަށް ދުއްތުރާކުރާ ސްޓެޕްޓޮކޮކަސް ބެކްޓީރިއާ ގިނަވިޔަ ނުދީ ހިފަހައްޓައި ދިނުމުގައިވެސް ލުނބޫ ފެން ވަރަށް ބޮޑަށް އެހީވެދެއެވެ. ކިޑްނީ ހިލައިން ރައްކާތެރިވުމަށްޓަކައިވެސް މިއީ ވަރަށް ފުރިހަމަ ގުދުރަތީ ބުއިމެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ކިޔުންތެރިންގެ ޚިޔާލުތައް

  1. ލުނބޯ ފެން ތައްޔާރު ކުރާ ގޮތް ވެސް ލިޔެލިނަމަ ވަރަށް ފުރިހަމަވީސް

  2. ލުނބޯ ފެން ތައްޔާރު ކުރާ ގޮތް ވެސް ލިޔެލިނަމަ ވަރަށް ފުރިހަމަވީސް

  3. ލުނބޯއަކީ ދުވާލަކު އެންމެ މަދުވެގެންވެސް ދެ ފަހަރު ބޯންޖެހޭ އެއްޗެއް އޭގައިވެސް ވަރުގަދަ އެސިޑެއް ހުރޭ .

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *