އެއީ މާނަފުން ޅެމެކެވެ. ނަސޭހަތެކެވެ. އެދުމެކެވެ. މާނަވަނީ ޅެންވެރިޔާގެ ބަނޑުގައޭ ބުނެ އުޅޭ ފަދައިން، "ފިކުރުކޮށްލަބަލަ!" މިޅެން ރައްދުކޮށްފައި މިވަނީ ކާކަށްކަން އެނގޭނީ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އަށް އެކަންޏެވެ. އެހެންނަމަވެސް ޅެން އަމާޒުކޮށްފައިވަނީ ކޮންމެވެސް ބޭފުޅަކަށް، ހިނގާދިޔަ މުހިއްމު ހާދިސާއަކާ ގުޅިގެންކަން އެނގެއެވެ،
އެބޭފުޅަކު ގޯސްތަކެއް ހައްދަވައިފި ކަމަށް އަދުރޭ ގަބޫލުކުރައްވައެވެ. އެކަން އެބޭފުޅަކުވެސް ގަބޫލުކުރެއްްވުމަށް އެދިލައްވާފައިވެއެވެ.
ގައުމަށްވުރެ އެބޭފުޅަކު އަމިއްލަ މަސްލަހަތު އިސްކުރެއްވުމުން ވާނެ ގޮތް އެބޭފުޅަކަށް ވަޒަން ނުކުރެއްވުނުކަން ނުސީދާކޮށް ބުނެދީފައިވެއެވެ.
ހެވާއިި ނުބައި ވަކިކުރައްވަން އެނގިވަޑައިނުގަތުމުން ވާ ގެއްލުމަށް ފިކުރުކޮށް ނުލެވުނީހޭ އެއްސެވުމާއެކު، މާޒީގައި ހެއްދެވުނު ގޯސްތައް ފަހުމްވެވަޑައި ގަތުމުންވެސްް އިއްޔެގެ އެ ގޯސްތައް ދޫކުރައްވައި ހިންގަވަން ކެރިވަޑައި ނުގަންނަވަނީތޯވެސް އައްސަވާފައިވެއެވެ.
އެންމެ ފަހު ޅެން ބައިތު އަޅުގަނޑު މިގުޅުވާލަނީ ސިޔާސީ މައިދާނަށެވެ. އަމާޒު މިކުރަނީ އެމަނިކުފާނުގެ އޭރުގެ ގާތް އަރިސް ބޭފުޅަކަށެވެ. އަދުރޭ ވިދާޅުވާ ގޮތުންނަމަ އިއްޔެއާ މިއަދު ފެންނަމުންދަނީ ތަފާތު މަންޒަރުތަކެކެވެ. ހަގީގަތްތަކެކެވެ. އެކަންކަން ފެނިވަޑައިގަތުމުން ތަދާއި ވޭނުގައި ހިތް ފަޅައިގެން ނުދަނީތޯ ވެސް އަދުރޭ އެބޭފުޅެއްގެ ކިބައިން އައްސަވާފައިވެއެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
ހުޅުމާލެ ރިޔައްޓޭއަށް ލިޔެފައިވާ ޅެމެންހެން ހީވާނީ..
މިހާރަކު ހަދާނެކަމެނެއް ޅެމެ ދެގަނޑު ޓިނުން ނުވި ނިވަލަކުން ނުފުދިގެ ކަރާމަތްގެއްލުނަސް ހެވޭ މިހާރު ވާނަމޭ ވަފާތެރިކަން ބުނި ހަދާނެތި ތިޔަގޮވާ ގޮވެލިފަތި އިގޭ މަށަ ދެމޭ ފެން ދެމޭ ހާމަސް ދާހާދިމަލަކަ އަޅުގަޑު އަދުރޭ ދޭމޭނެޔޭ އަދުރޭ ދެވެން އޮތިއްޔާ ބޮޑިއެއް އެއީ ޔާމީނަ ވިއަސް ދޭނަމެ މާދަމާ ބަދަލް ވެރިކަން ވެއްޖެ ނަމަވެސް މުއީޒަވެސް ކެހިވެރި ލަގައެނޫނީ ނުދޭނަމެ މި އަދުރޭ ލޯބިވީ މަތިީ ވަޒީފާއެއްލިބޭތޯ ލޯބި މަ ނުވަމޭ މަގޭ އަމިލައެދުންނެތި ހުރިހާ އެންމެންނަ ކެހިދޭނެކަމަ ވައުދުވަމުން ދެއް ގަނޑު ޓިނާ ކެހި އަދުރޭ ކެހިދިނުމުގެ އުންމީ ދުގާވަކި މިވެލަނީ މުއީޒަވެސް ކެހި ދިނުމުގެ އުންމީދުގައޭ ގައުމީޔަތު