logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ވީއައިއޭގެ ދެ މުވައްޒަފަކަށް ހަމަލާދިން ބިދޭސީއަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުގައި މިއަދު ޕަސެންޖަރަކާއި އެއާޕޯޓްގެ ދެ މުވައްޒަފަކާއި ދެމެދު މާރާމާރީއެއް ހިންގައިފިއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު ހިނގި އެ ހާދިސާ ތަހުގީގު ކުރުމަށް ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން އެމްއޭސީއެލުން ބުނީ އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނާތީ އިތުރު ތަފްސީލު ދެވެން ނެތް ކަމަށެވެ.

އެ ބިދޭސީ މީހާއަކީ ރާއްޖެއައި ޓޫރިސްޓެއް ކަމެއް ނުވަތަ ވޯކް ވިސާ ނުވަތަ ބިޒްނަސް ވިސާގައި އައި މީހެއް ކަމެއް ސާފެއް ނުވެއެވެ. އަދި އެކަން ހިނގަން މެދުވެރި ސަބަބެއް ވެސް އަދި ސާފުވާގޮތެއް ނުވެއެވެ.

މި މާރާމާރީ ހިންގި ވަގުތު ނަގާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރު ވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ބިދޭސީ މީހާ ގޮސް ފުރަތަމަ ޖަހަނީ އެއާލައިން ސްޓާފެއްގެ މޫނު މަތީގައެވެ. އަދި އޭނާ ހުއްޓުވުމަށް މަސައްކަތް ކުރި، އެހެން މުވައްޒަފެއްގެ ގައިގައި ޖަހައި ކޮށްފާލާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.

އެއަށް ފަހު އޭނާ ހުއްޓުވަން އެއާޕޯޓް ސެކިއުރިޓީގެ މުވައްޒަފުންނާއި އެ ސަރަހައްދުގައި ތިބި އެހެން ބައެއް މީހުން މަސައްކަތްކޮށް އޭނާ ސަރަހައްދުން ދުރަށް ގެންދާ މަންޒަރު ވެސް ފެނެއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުން އަންނަނީ އެފަދަ އަމަލެއް އެއާޕޯޓެއްގެ ތެރޭގައި ހިންގައިގެން ނުވާނެ ކަމަށާއި އެކަމަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.

"ލަގެޖް ބަރުވެ، އެކްސެސް ފައިސާ ނުދައްކަން ވެގެން އެއާލައިން ސްޓާފެއްގެ ގައިގާ ޖެހުމަކީ ގެސްޓެއް ވިޔަސް އެހެން މީހެއް ވިޔަސް ކުރެވިގެންވާނެ ކަމެއް ނޫން،" އާންމު މީހަކު ބުނެފައިވެއެވެ. އަދި އެހެން މީހަކު ބުނެފައިވަނީ އެވަރުގެ މީހަކު އިންޓަނޭޝަނަލް އެއާޕޯޓުގެ ސަރަހައްދަށް ވައްދައިގެން ވެސް ނުވާނެ ކަމަށާއި އެ މާރާމާރީ ސިފަކުރެވެނީ ރެސްލިން މެޗެއް ނުވަތަ ޓެރަރިޒަމް ހަމަލާއެއްގެ ގޮތުގައި ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ