logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އިރާންގެ ރައީސް އަވަހާރަވެއްޖެ

އީރާނުގެ ރައީސް އިބްރާހީމް ރައީސީ ދަތުރުކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި ރައީސީ އަވަހާރަވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފިއެވެ.

ރައީސީ އަވަހާރަވީ އުތުރުގައި އޮންނަ އަޒަރުބައިޖާން ސަރަހައްދުގައި ޑޭމް ޕްރޮޖެކްޓެއް އިފްތިތާހު ކުރެއްވުމަށްފަހު އެނބުރި އިރާނަށް ވަޑައިގެންނެވި މަގުމަތީގައެވެ.

އެ ގައުމުގެ މީޑިއާތަކުން ބުނާ ގޮތުގައި އެ ހެލިކޮޕްޓަރު ދަތުރު ކުރީ ވަރަށް ބޮޑަށް މޫސުން ގޯސް، ބޯ ދުންފުނީގެ އަސަރު ވެސް ކުރަމުން ދިޔަ ފަރުބަދަތަކެއްގެ ކައިރިންނެވެ. އަދި ހެލިކޮޕްޓަރު ވެއްޓުނީ ފަރުބަދަމަތީގެ ހިސާބަކަށް ވުމުންނާއި މޫސުން ގޯސްވުމުގެ ސަބަބުން ހެލިކޮޕްޓަރާ ހަމައަށް ރެސްކިއު ޓީމުތައް ދާން 15 ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަވިއެވެ.

ހެލިކޮޕްޓަރު ހޯދަން 40 އަށް ވުރެ ގިނަ ރެސްކިއު ޓީމު ހަރަކާތްތެރިވެފައިވާއިރު، ރެސްކިއު ޓީމުތަކުން ވަނީ ކުއްތާ އާއި ޑްރޯންގެ އެހީ ވެސް ހޯދާފައެވެ. އެގޮތުން، ހެލިކޮޕްޓަރު ވެއްޓުނު ތަން ހޯދުނީ ތުރުކީގެ ޑްރޯނެއްގެ އެހީތެރިކަމާއެކު ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް ހޯދުނުއިރު ހެލިކޮޕްޓަރުގެ ބޮޑު ބައި ވަނީ އަނދައި އަޅިއަށް ވެފައެވެ.

އިރާންގެ ރައީސް، ރައީސީގެ އިތުރުން ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބްދުالله ހައިން އަދި އިތުރު ދެ ބޭފުޅުންނާއި ހެލިކޮޕްޓަރު ދުއްވަން އިން ޕައިލެޓާއި ކްރޫން ވެސް ސަލާމަތްވެފައިނުވާ ކަމަށް އެ ގައުމުން ވަނީ އިއުލާންކޮށްފައެވެ.

ރައީސީ އަވަހާރަވުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުން މިހާރު ދަނީ ތައުޒިޔާ ފޮނުއްވަމުންނެވެ.

އިރާނުގެ އެންމެ ބާރުގަދަ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ވަރަށް އަރިސް ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައިސީގެ ސިޔާސީ ހަޔާތް ފެއްޓެވީ 1979 ވަނަ އަހަރު އިރާނުގެ އިސްލާމިކް ރިވޮލިއުޝަނަށްފަހުއެވެ. އޭނާ ރައީސް ކަމަށް ވަޑައިގެންނެވީ 2021 ވަނަ އަހަރުއެވެ.

ރައީސީ އަވަހާރަވުމާ ގުޅިގެން، އޭނާގެ ޒިންމާތަކާ ވަގުތީ ގޮތުން ހަވާލުވެވަޑައިގަންނަވާނީ ނައިބު ރައީސް މުހައްމަދު މޮހްބެރް އެވެ. އިރާނުގެ ގާނޫނުއަސާސީ ބުނާ ގޮތުން، 50 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވައި އާ ރައީސަކު އިންތިހާބު ކުރަންޖެހެއެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ