logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ހުކުރު ދުވަހާ ހަމަޔަށް މޫސުން ގޯސް ކަނޑުތައް ގަދަވާނެ

މި ހަފްތާގެ ކުރިއަށް އޮތް ތިން ދުވަސް (ހުކުރު ދުަހާ ހަމަޔަށް) ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުގެ މައުލޫމާތަށް ބަލާއިރު ހުޅަނގު މޫސުމުގެ ބާރުގަދަވެ މިހާރު ރާއްޖެއަށް ކުރަމުންދާ މޫސުމީ ވިއްސާރާގައި އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހައްދަށް އާންމުކޮށް ވައިބާރުވާނެ އެވެ. އަދި ކަނޑުތައް ގަދަވެ ވިއްސާރަ ކުރާނެ ކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ.

ވައި ޖެހޭނެކަމަށް ލަފާކޮށްފައިވަނީ  ގަޑިއަކު 15 މޭލާއި 25 މޭލަށް ދެމެދުގައި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައެވެ. މި ދުވަސްތަކުގައި ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާކުރެވޭއިރު، ދިޔަވަރު ބޮޑުވާ ވަގުތުގައި ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.

ކަނޑުތަކާއި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އަދި ގަދަޔަވާއެކު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިިކަމުގެ ފިޔަވަޅު އެޅުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ