logo minivan

English

އަންގާރަ, 24 ޑިސެމްބަރ 2024

އެޗްޑީސީއިން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފެށުމަށް ނިންމައިފި

6000 ރުފިޔާގެ އެލަވަންސެއް ލިބޭ ގޮތަށް އެޗްޑީސީއިން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ.

މިއީ ސްޕޮންސާޑް އެޑިއުކޭޝަން ފުރުސަތެއްކަމަށް ހިއްސާކޮށްފައިވާއިރު މި ޕްރޮގްރާމްގެ ސެޓްފިކެޓަކީ އެމްކިއުއޭ އިން ބަލައިގަންނަ އެޑްވާންސް ސެޓްފިކެޓެއްކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެގޮތުން ލެވެލް 3 ނެޝަނަލް ސެޓިފިކެޓެއް ލިބޭ ގޮތަށް ކޮމްޕިއުޓަ ހާޑްވެއަ އެންޑް ނެޓްވޯކިންގް އާއި ހެލްތް އެންޑް ސޭފްޓީއިން ކޮންސްޓްރަކްޝަން ކިޔެވުމަށްވެސް ފުރުސަތު އޮތްއިރު ފްރޮންޓް އޮފީސް މަސައްކަތްތައް ދަސްކުރުމަށާއި ގާޑަނިންގް އިން އެ ލެވެލްގެ ސެޓްފިކެޓެއް ހޯދުމުގެ ފުރުސަތުގެ އިތުރުން ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒިންގްއާއި މޭސަންރީ އަދި އިލެކްޓްރިކަލް އިންސްޓަލޭޝަންގެ ދާއިރާއިންވެސް ސެޓްފިކެޓް ހާސިލުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ޖޫން މަހުގެ 20 ވަނަ ދުވަހުގެ 15:30 ގެ ކުރިއަށް ޝައުގުވެރިވާ މީހުން އެޕްލިކޭޝަން ހުށައެޅުމަށް އެޗްޑީސީން އިލްތިމާސްކުރެއެވެ. މިއީ އެޗްޑީސީ އަދި ޔޫތު މިނިސްޓްރީވެސް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *