logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ރާއްޖެއާއި ޔޫއެސްއެއިޑް ގުޅިގެން މަސައްކަތްކުރަން މަޝްވަރާ ކުރައްވައިފި

އެމެރިކާގެ، ޔުނިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަނޭޝަނަލް ޑިވަލޮޕްމެންޓް (ޔޫއެސްއެއިޑް) އާއެކު ކުރިއަށްއޮތްތަނުގައި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން ފޮރިން މިނޮސްޓަރ މޫސާ ޒަމީރު މަޝްވަރާކުރައްވައިފިއެވެ.

މި މިޝްވަރާތައް ކުރައްވާފައިވަނީ މިނިސްޓަރ ޒަމީރު މިހާރު އެމެރިކާއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ޔޫއެސްއެއިޑުގެ އެޑްމިނިސްޓްރޭޓަރ ސަމަންތާ ޕަވަރއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެމެރިކާގެ ވޮޝިންޓަން ޑީސީގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޔޫއެސްއެއިޑުން ދިވެހިރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށްއޮތްތަނުގައި ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅުގައި އެމެރިކާގެ ސެކެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއާވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވާއިރު، އެމެރިކާގައި ހުންނަ ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ ބައްދަލުވުމެއްގައި ވެސް މިނިސްޓަރ ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން، ވޮޝިންގްޓަނާއި، ނިއުޔޯކާއި، ނިއުޖަރޒީގައި ދިރިއުޅޭ ދިވެހިންނާވެސް މިނިސްޓަރ ޒަމީރު ބައްދަލުކުރައްވާނެއެވެ.

މިނިސްޓަރ ޒަމީރުގެ އަރިހުގައި ސެކްރެޓަރީ ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑަ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބު ވެސް މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ