logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

މީގެފަހުން މިފްކޯއަށް ކިރުވާމަހަށް ދެހަފްތާގެ ތެރޭގައި ފައިސާ ދޭނަން: ޝިޔާމް

މިފްކޯއިން މަސް ގަންނަ އުސޫލަށް ގެނައި ބަދަލާއެކު ކުރިއަށް އޮތްތަނުގައި އެކުންފުންޏަށް މަސްކިރުވާ ފަރާތްތަކަށް ދެހަފްތާގެ ތެރޭގައި ފައިސާ ދީ ނިންމާނޭކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިފްކޯއިން ވަނީ އެކުންފުންޏަށް މިހާތަނަށް މަސްގަންނަމުން އައި އުސޫލު ބަދަލުކޮށް، މިއަދުން ފެށިގެން ދުނިޔޭގެ ބާޒާރުގައި މަހުގެ އަގުތައް ހުންނަގޮތުގެ މައްޗަށް ބެލުމަށްފަހު މަސްވެރިންގެ އަތުން މަސްގަންނަގޮތަށް ނިންމާފައެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތަކީ މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުންކަމަށެވެ.

އިގްތިސާދީ ހާލަތު އޮތްގޮތުން މިހާރު އެގޮތަށް ކަންކުރެވެން ނެތްނަމަވެސް، މަސްވެރިކަމުގެ ސިނާއަތަށް ސަރުކާރުން ގެނައުމަށް ނިންމާފައިވާ ބަދަލުތަކާއެކު، އިތުރު މަސް ކާރުޚާނާތައް ތަރައްޤީކޮށް ކުރިއަށްމިއޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި 48 ގަޑިއިރުތެރޭގައި މަސްވެރިންގެ އަތުން މަސްގަތުމަށްފަހު ފައިސާ ދޫކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ ވެދިޔަތަނުގައި މިފްކޯއިން ނުއަގުގައި މަސްގަތުމުގެ ސަބަބުން އަމިއްލަ ކުންފުނިތަކަށް ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިފްކޯއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށާއި، މި މަސައްކަތްތައް ނިމުމުން މިފްކޯގެ ކޯލްޑް ސްޓޯރޭޖް 15،000 ޓަނަށް އިތުރުވެ، ފެލިވަރުގައި ހުންނަ މަސްދަޅު ބަންދުކުރުމުގެ ކެޕެސިޓީ ދުވާލަކު 100 ޓަަށް އިތުރުވެގެންދާނޭކަމަށެވެ.

 

 

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ