ފެނަކައިގެ ކުރީގެ މެނޭޖްމަންޓާ ގުޅޭ ކޮރަޕްޝަނުގެ ގިނަ މައްސަލަތަކެއް އޭސީސީއަށް ހުށައަޅާފައިވާނެ ކަމަށް އާ މެނޭޖްމަންޓުން ވިދާޅުވެއްޖެއެވެ.
މިހާރުގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ކުރީގެ މެނޭޖްމަންޓުން ކަންކޮށްފައި ހުރީ ކުންފުންޏަށް ކަނޑައެޅިގެން ގެއްލުންވާ ގޮތަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށެވެ.
ކުދިކުދި މަސައްކަތްތަކަށް ބޮޑެތި އަދަދުތަކުން ފައިސާ ހަރަދުވިކަމަށް ބަލާ ފައިސާ ދޫކޮށްފައި ވާކަމަށާއި އެފަދަ އެތައް ކަމެއް ވަކިވަކިން ފާހަގަކޮށް އޭސީސީގެ ސަމާލު ކަމަށް މިހާރު ގެނެސްފައިވާނެ ކަމަށް ފެނަކައިގެ އެމްޑީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި ފެނަކަގެ ހިންގުން މިހާރު ގެންދަނީ ވަރަށް ބޮޑަށް ބަދަލުކޮށް ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރައްވަމުންނެވެ.
އެމްޑީ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ފެނަކައަކީ އަމިއްލަ ފައި މައްޗަށް ތެދުވެ ހިންދަމާލާނެ ކުންފުންޏެއް ކަމަށާއި ކުންފުނި ފައިދާގައި ހިންގާތަން ފެނިގެންދާނެ ކަމަށެވެ.