ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހިން އިތުރު 18 ގޯތި އޭގެ ހައްގުވެރިންނާ ހަވާލުކޮށްފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ އިއްޔެ ހަވާލުކުރި 18 ގޯއްޗާއެކު މިހާތަނަށް ޖުމްލަ 624 ގޯތި ހަވާލު ކޮށްފައިވާ ކަމަށެވެ.
ހުޅުމާލެއިން ޖުމްލަ 1،408 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާއިރު، މިދިޔަ އަހަރު ދޫކޮށްފައިވަނީ 465 ގޯތި ކަމަށާއި މި އަހަރު 159 ގޯތި ދޫކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މިއަދު ވަނީ 18 ގޯއްޗެއް އެ ގޯތީގެ ވެރިފަރާތާއި ހަވާލުކުރެވިފައި ، އަދާހަމައަށް ޖުމުލަ 624 ގޯއްޗެއް ވަނީ ހަވާލުކުރެވިފައި. pic.twitter.com/zaU7OyO0Zw
— Ministry of Housing, Land and Urban Development (@MHLUDmv) July 22, 2024
ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް އެދި ޖުމްލަ 23،088 މީހުން ހުށަހެޅިއިރު، އޭގެ ތެރެއިން 19،858 މީހަކު ވަނީ ބަންޑާރަ ގޯއްޗަށް ޝަރުތު ހަމަވާކަމަށް ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން ބުނެފައެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހިންނާއި އަލަށް ހިއްކާ ހުޅުމާލެ ތިނަކާއި ގުޅިފަޅާއި ގިރާވަރުފަޅުންނެވެ. އެތަންތަނުން 9،000 ގޯތި ދޭނެއެެވެ.