logo minivan

English

ބުރާސްފަތި, 21 ނޮވެމްބަރ 2024

ޖޭއެސްސީއަށް ފަނޑިޔާރުންގެ ތެރެއިން 5 ކެންޑިޑޭޓުން ވާދަކުރަނީ

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބުގައި ފަސް ބޭފުޅަކު ވާދަކުރަން ނިންމާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖީއޭ) އިން ބުނެފިއެވެ.

ޑީޖީއޭ އިން ބުނީ މިމަހުގެ 10 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރާ ބޭފުޅުންގެ ކެންޑިޑޭސީ ވެސް މިހާރު ތަރުތީބުކޮށްފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނިވަޑައިގަންނަވާ ބޭފުޅުންނަކީ:

* ކެންޑިޑޭޓް ނަންބަރު 1: ކްރިމިނަލް ކޯޓުގެ ޤާޒީ އިބްރާހީމް އިޙްސާން، އެށެވެލި/މަރަދޫ
* ކެންޑިޑޭޓް ނަންބަރު 2: ސިވިލް ކޯޓުގެ ޤާޒީ ޢާއިޝަތު ޢަޒުފާ ޢަބްދުލްޣަފޫރު، މއ. ޕެންޒީވިލާ/މާލެ
* ކެންޑިޑޭޓް ނަންބަރު 3: ސިވިލް ކޯޓުގެ ޤާޒީ ފަރުހާދު ރަޝީދު، ލަންސިމޫގެ/ގދ. ފިޔޯރީ
* ކެންޑިޑޭޓް ނަންބަރު 4: ފެމިލީ ކޯޓުގެ ޤާޒީ ޢަބްދުﷲ މުޙައްމަދު، ބަހާރުގެ/ރ. ހުޅުދުއްފާރު
* ކެންޑިޑޭޓް ނަންބަރު 5: ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދު، ސްނޯޑްރޮޕް/ހިތަދޫ

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އިންތިހާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިހާބު ކުރިއަށްދާނީ 10 ވަނަ ދުވަހުގެ ހެނދުނު 10:00-11:00 އަށް ކަމަށް ޑީޖޭއޭ އިން ބުނެފައިވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *