logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

ބޮޑުމޮހޮރާގައި ބަނގުރާ ވިއްކަމުންދިޔަ 3 މީހަކު ހައްޔަރުކޮށްފި

ވ. ބޮޑުމޮހޮޮރާގައި ބަނގުރާ ވިިއްކާ ކަމަށް ލިބުނު މައުލޫމާތަަކާއި ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމެންޓާއި އިންޓަލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން ހިންގި އޮަަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. މާލެ ލަކްސްގާޑަން އަހުމަދު އަޝްރަފް 43 އަހަރު، ގދ. ތިނަދޫ ބުލޫހެވަން އާގެ އަމްޖަދު މުހައްމަދު 50 އަހަރު އަދި  ނަލިން އިންޑިކާ ކޮޑިކާރަ ކިޔާ 53 އަހަރުގެ ސްރީލަންކާގެ ރައްޔިތެކެވެ. ފުލުހުން ބުނީ މި މައްސަލައިގައި އެ ރަށް ބަލާ ފާސްކުރިއިރު، އެރަށުން 24 ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި އަދި އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންކަމަށެވެ.

ބޮޑުމޮހޮރާ އަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫދާއިރާގެ ކުރީގެ މެންބަރ އަބްދުﷲ ޖާބިރު ގެ ހިއްސާއިންނަ ކުންފުންޏަކަށް 50 އަހަރަށް ރިސޯޓް ތަރައްގީކޮށް ހިންގުމަށް ކުއްޔަށް ދޫކޮސްފައި އޮންނަ ރަށެކެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ