logo minivan

English

ހުކުރު, 22 ނޮވެމްބަރ 2024

145.6 މިލިއަން ރުފިޔާގެ "އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް" ޕްރޮޖެކްޓް އިފުތިތާހު ކޮށްފި

ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން (ޖީ.ޕީ.އީ)އިން 145.6 ރުފިޔާ ޙަރަދުކޮށްގެން ރާއްޖޭގެ ތަޢުލީމީ ދާއިރާ ހަރުދަނާ ކޮށް ކުރިއެރުވުމަށްޓަކައިި ހިންގާ "އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް" ޕްރޮޖެކްޓް މިއަދު އިފުތިތާހު ކޮށްފިއެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޕްރޮޖެކްޓް އިފްތިތާހް ކޮށްދެއްވީ ނައިބް ރައީސް ހުސެއިން މުޙައްމަދު ލަތީފް އެވެ.

"އެޑިއުކޭޝަން ޓްރާންސްފޯރމޭޝަން އިނީޝިއޭޓިވް" އަކީ ގްލޯބަލް ޕާޓްނަޝިޕް ފޯ އެޑިއުކޭޝަން އިން ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް، ތަފާތު 3 ގްރާންޓެއް ހިމެނޭހެން ލިބިފައިވާ 9.5 މިލިޔަން ޑޮލަރު ގެ ހިލޭއެހީގެ ދަށުން އެކުލަވާލާފައިވާ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓަށް ލިބިފައިވާ ފުރަތަމަ ގްރާންޓަކީ ގްރާންޓް އެޖެންޓުގެ ގޮތުގައި ޔުނިސެފު ހަރަކާތްތެރިވާގޮތަށް ހަމަޖެހިފައިވާ 5 މިލިޔަން އެމެރިކާ ޑޮލަރުގެ ސިސްޓަމް ޓްރާންސްފޮމޭޝަން ގްރާންޓެވެ. ދެވަނަ ގްރާންޓަކީ ގްރާންޓް އެޖެންޓުގެ ގޮތުގައި ޔުނިސެފް ހަރަކާތްތެރިވާގޮތަށް ހަމަޖެހިފައިވާ 1.5 މިލިޔަން ޑޮލަރުގެ ސިސްޓަމް ކެޕޭސިޓީ ގްރާންޓެކެވެ. ތިން ވަނަ ގްރާންޓަކީ ގްރާންޓް އެޖެންޓެއްގެ ގޮތުގައި ވަރލްޑް ބޭންކު ހަރަކާތެރިވާގޮތަށް ހަމަޖެހިފައިވާ 3 މިލިއަން ޑޮލަރުގެ މަލްޓިޕްލަޔަރ ގްރާންޓެވެ.

މި ޕްރޮޖެކްޓްގެ ދަށުން ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރުމާއި، ޓީޗަރުން ތަމްރީނު ކުރުމާއި، ސުކޫލްތަކަކީ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހެދުމާއި، ހަމަހަމަ ކަމާއެކު ހުރިހާ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމާއި، އަދި އިތުރު ސުކޫލުތައް އެޅުމަށް ހަމަޖެހިފައެވެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ