logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

އަތުހަރު ދަންޖެހުނުކަން ސާބިތުކޮށްދޭން ފުލުހުންވީޑިއޯ ދައްކައިފި، އާއިލާއިން ބުނަނީ އަމިއްލަ މަރެއް ނޫން ކަމަށް

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައި ރަހީނުކުރި މައްސަލާގައި ށ. މިލަންދޫ, ހެޕީލޭންޑު އާދަމް އަތުހަރު ޖަލުގައި އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށް ފުލުހުން ބުނި ނަމަވެސް އާއިލާއާއި އާންމުންގެ ތެރޭގައި ސުވާލު އުފައްދަމުންދާތީ ގޮޅީގެ ސީސީޓީވީ ފުޓޭޖުގެ ވީޑިއޯ މީޑިއާއަށް ދައްކާލައިފި އެވެ.

އިސްކަންދަރު ކޮށީގައި ނޫސްވެރިންނާއެކު ފުލުހުންގެ އިސްވެރިންނާއި ހޯމް މިނިސްޓަރު އަލީ އިހުސާން "ނުރަސްމީ" ބައްދަލުވުމެއް ބޭއްވި އެވެ. ވީޑިއޯގެ ގޮތުން އެއްވެސް ކެމެރާއެއް އަދި ފޯނަކުން ފޮޓޮއާއި ވީޑިއޯ ނުނެގޭ ގޮތަށް ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ނޫސްވެރިންނަށް ދެ ވީޑިއޯއެއް ދެއްކި އެވެ.

އެއް ވީޑިއޯއަކީ ބުރާސްފަތި ދުވަހުގެ ރޭ ސީނުން އަތުހަރު ހައްޔަރުކުރާ މަންޒަރު ހިމެނޭ ވީޑިއޯ އެވެ. ވީޑިއޯގައި އަންހެން މީހާގެ ކަރުގައި ދެ ވަޅި ޖައްސާފައިވެ އެވެ.

ދެވަނަ ވީޑިއޯގައި ފެނިގެން ދިޔައީ ރޭ އިރުއޮއްސި 18:29 އިން ފެށިގެން ސްޓެޗާއަށް އަރުވައިގެން އަތުހަރު ގެންދިއުމާ ހަމައަށެވެ.

އަތުހަރު ދަން ޖެހެން މަސައްކަތްކުރީ އޭނާ ލައިގެން ހުރި ސޯޓުގެ ނާޑުވާއިން ކަމަށް އާއިލާއިން ބުނަމުން ދިޔައިރު ފުލުހުން ދެއްކި ވީޑިއޯއިން ވެސް ފެނުނީ އެ ކަމެވެ. ކަޅު ކުލައިގެ ސޯޓުން ނާޑުވާ ނައްޓަން އިރުކޮޅަކު އިނުމަށް ފަހު ނާޑުވާ ވާފަށް ކަރުގައި އައްސަ އެވެ.

އޭރު ސީސީޓީވީ ފުޓޭޖު ގަޑިން 6:33 އެވެ. ފުލުހުން އެ ތަނަށް އެޓެންޑުވެވެނީ އޭގެ ބައި ގަޑިއިރެއްހާ އިރު ފަހުން 7:02 ގަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ