logo minivan

English

ހޯމަ, 23 ޑިސެމްބަރ 2024

ފަރެސްމާތޮޑާ ދޯންޏަކުން ބްލެކް ސްކެބާޑް މަހެއް ބާނައިފި

ގދ. ފަރެސްމާތޮޑާ ދޯންޏަކުން ބްލެކް ސްކެބާޑް މަހެއް ބާނައިފިއެވެ.

ބްލެކް ސްކެބާޑް މަހަކީ ކަނޑުގެ ވަރަށް ފުން ހިސާބުތަކުގައި ދިރިއުޅޭ މަހެކެވެ. އެމަސް އާންމުކޮށް ދިރިއުޅެނީ ކަނޑުގެ 1000 މީޓަރާ 4000 މީޓާރާ ދެމެދު ކަނޑުގެ އަޑީގައެވެ. އެންމެ ގިނައިން މިބާވަތުގެ މަސް އުޅޭކަމަށް ފާހަގަކުރެވިފައިވަނީ އެޓްލާންޓިކް ކަނޑުގައެވެ.

މި މަސް އެއްމެ ބޮޑުވަނީ 3 ފޫޓު ބައި ގެ ދިގުމިނަށެވެ. މި މަހަކީ ކަނޑުގެ އެއްމެ އަނދިރި ހިސާބުތަކުގައި ދިރިއުޅޭ މަހެއް ނަމަވެސް މިބާވަތުގެ ކުދި މަސް ކަނޑުގެ 100 މީޓަރ ފުނުގައިވެސް ބައެއް ފަހަރު އުޅޭ ކަމަށް ސައިންސްވެރިން ބުނެއެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *