logo minivan

English

ހޯމަ, 25 ނޮވެމްބަރ 2024

މެރަތަންގެ ބައިވެރިން ސައިކަލުގައި ގެންގޮސްދިނުމުގައި އުޅެނިކޮށް ކުރިމަތިވީ މަރާ

ރޭ އޮތް މެރަތަންގައި ބަައިވެރިވުމަށް މާލެ އައި އުމުރުން 23 އަހަރުގެ ސަމާހު އުޅުނީ މެރަތަންގައި ބައިވެރިވާ ބައެއް މީހުން މެރަތަން އޮންނަ ސަރަހައްދަށް ސައިކަލްގައި ގެންގޮސް ދިނުމުގަ އެވެ. އެކަމަކު، އޭނާ ދުވަން އޮތް ގަޑީގެ ކުރިން، ސްކޫޕީ ސައިކަލްގައި ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ދަނިކޮށް ސްޕޯޓްސް ކާރެއް ގޮސް ސައިކަލްގައި ޖެހި ލިބުނު އަނިޔާގައި އޭނާ ނިޔާވީ އެވެ. ބޮލާގެ މޫނަށް ލިބުނު އަނިޔާގެ ސަބަބުންނެވެ. 

ފުލުހުން ބުނި ގޮތުގައި އެ އެކްސިޑެންޓުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ދަންވަރު 2:48 ހާއިރު އެވެ.

އެކްސިޑެންޓުގައި ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކާ އެކު، އޭނާ ނިޔާވީ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލު އޮފިސަރެއްގެ ވަޒީފާގައި ހުރި ސަމާހު އަބަދުވެސް ދުވުންތަކުގައި ބައިވެރިވެ އެވެ. އަމިއްލަ ބަޔަކު ބޭއްވި މެރަތަންގައި ބައިވެރިވާން ވެސް އޭނާ އައިސް އުޅުނީ ދުވުމަށް އޮންނަ ޝައުގުވެރިކަމުގަ އެވެ. މާފުށީ ޖަލުގައި ޑިއުޓީ އަދާކުރާ، ލ. އިސްދު އަށް އުފަން ސަމާލު މާލޭގައި އުޅޭތާ އަދި މިވީ ހަފުތާއެއްހާ ދުވަހެވެ.

ސަމާހްއާ އެންމެ ފަހުން ދިމާވި އެކަކު ކިޔައިދިން ގޮތުގައި ކައި ނިމިގެން 1:45 ހާއިރު ސަމާހު ހުސްވީ މެރަތަންގެ ކަންތައްތަކަށެވެ. އެކްސިޑެންޓުވީ މެރަތަންގައި ބައިވެރިވާ ރައްޓެހިން، މެރަތަން ބޭއްވި ސަރަހައްދަށް ގެންގޮސްދިނުމުގެ ތެރޭގައި އުޅެނިކޮށެވެ. އެކްސިޑެންޓު ހިނގިއިރު ވެސް ސަމާހުގެ ފަހަތުގައި ސައިކަލްގައި މީހަކު އިނެވެ. އެކަމަކު އޭނާ އަށް ސީރިއަސް އަނިޔާތަކެއް ނުވާ ކަމަށް ވެ އެވެ.

އެންމެންނާ ވެސް ގުޅޭ، ވަރަށް މަޖާ މިޒާޖެއްގެ ސަމާހު ނިޔާވި އިރު އޭނާ ދިޔައީ އަންނަ މަހު ކައިވެނި ކައިވެންޏަށް ވެސް ތައްޔާރުވަމުންނެވެ.

ފުލުހުން ބުނި ގޮތުގައި ސަމާހް ނިޔާވި އެކްސިޑެންޓު ހިނގި އިރު ކާރު ދުއްވަން އިން އުމުރުން 26 އަހަރުގެ ދިވެހި ފިރިހެން މީހާ ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *