logo minivan

English

އާދިއްތަ, 22 ޑިސެމްބަރ 2024

ހުޅުމާލެ ފޮލިސް ސްޓޭޝަނަށް ގެއްލުންދިން މީހަކު ފުލުހުން ހައްޔަރުކޮށްފި

ހުޅުމާލެ ފޮލިސް ސްޓޭޝަނަށް ގެއްލުންދިންމީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ހުޅުމާލެ ފޭސް 1 ގައި ހުންނަ ފުލުހުންގެ މަރުކަޒުގެ ދޮރުގެ ބިލްލޫރިގަނޑު ތަޅާލި މީހަކު ރޭ ފަތިހު 4:15 ގައި ފުލުހުން ހައްޔަރުކޮސްފައިވާކަމަށް ބުނެފިއެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ކ.މާލެ، ހ.ހެމަވަތި ޒައިދާން މުހައްމަދު ޒާހިރު އެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރުމުގެ ތެރެއިން އޭނާ ލައިގެންހުރި ޖިންސުގެ ޖީބުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރިު ކޮތަޅެއް ވެސް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން ފުލުހުންގެ މަރުކަޒަށް ގެއްލުން ދިންމައްސަލައާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ޒައިދާން ގެ އަތުން ފެނުނު މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *