logo minivan

English

އާދިއްތަ, 22 ޑިސެމްބަރ 2024

ބިދޭސީން ދިރިއުޅޭ ތަންތަންވެސް ބަލާ ފާސްކުރަނީ، އިއްޔެ 13 މީހުން ބަންދުކުރި

ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަން ބަލާ ފާސް ކުރުމުގެ އޮޕަރޭޝަނެއް ފަށައިފިއެވެ.

އިމިގްރޭޝަނުން އިއްޔެ ބުނީ ވަކިތަންތަނަށް ހާއްސަ ކޮށްގެން އިއްޔެ ފެށި އޮޕަރޭޝަންގައި ތިން ތަނެއް ބަލާ ފާސް ކޮށްފައިވާ ކަމަށެވެ. އަދި 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުން އަންނަ ތަންތަނާއި އާއްމު ރައްކާތެރިކަމަށް ބެލުމެއް ނެތި އެފަދަ ފަރާތްތަކުން ދިރިއުޅެމުން އަންނަ ތަންތަން ފާސް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ބުންޏެވެ.

މީގެއިތުރުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އެފަދަ ތަންތަން ދިރިއުޅުމަށް ކުއްޔަށް ދޭ ފަރާތްތަކަށް އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅިގެން ދާނެ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ ގާނޫނު ތަންފީޒުކުރުމުގައި ސާބިތުވެ ދެމިތިބޭނެ ކަމަށެވެ.

ފާހަގަ

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *