logo minivan

English

ހޮނިހިރު, 23 ނޮވެމްބަރ 2024

ވެލިދޫއިން މަސްތުވާތަކެތީގެ މައްސަލައެއްގައި 6 މީހަކު ހައްޔަރުކޮށްފި

ނ.ވެލިދޫ ގައި ހިންގި މަސްތުވާތަކެއްޗާ ގުޅޭ އޮފޕަރޭޝަނެއްގައި އެރަށުން 6 މީހަކު ފުލުހުން ހައްޔަރުކޮސް އެމީހުންގެ މައުލޫމާތު އާއްމު ކޮށްފިއެވެ.

ފުލުހުން އާއްމު ކޮށްފައިވާ މައުޅުމާތުގައި ބުނެފައިވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ނ. ވެލިދޫގައި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނުގައި އެރަށުން 6 މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި، އެ އޮޕަރޭޝަނުގައި ވެލިދޫގެ ބައެއް ގޭގެ ބަލައި ބަލައިފާސްކޮށްފައިވާކަމަށެވެ. އަދި ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި އެ ގެ ތަކުން ފެނިފައިވާކަމަށެވެ.

އެ ގެ ތަކުން ފެނުނު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތީގެ ވަގުތީ ބަރުދަނަކީ 1547.44 ގްރާމްކަމަށާއި، އޭގެ އިތުރުން 50000 އަށް ވުރެ ގިނަ ދިވެހި ރުފިޔާއާއި ޔޫއެސްޑޮލަރުވެސް ފެނިފައިވާކަމަށެވެ.

މި އޮޕަރޭޝަނުގައި 7 މީހުން ހައްޔަރުކޮށް އެމީހުންގެ ބަންދާމެދު ގޮތެެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެކަކު ވަނީ ދޫކޮށްލާފައިކަމަށާއި،  ދެންތިބި 6 މީހުންގެ ތެރެއިން އެކަކު 8 ދުވަހަަށް އަދި 5 މީހުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

އެގޮތުން 8 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ އަޙްމަދު މުރުޝިދު (35އ) ކަމަށާއި، 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ ޢަބްދުﷲ ނިޝާދު (26އ) އާއި، އަޙްމަދު އަޞީމް (26އ) އާއ،ި އަޙްމަދު ނައުޝާދު (28އ)، އާއި، ޢަލީ ރަޝީދު (30އ) އަދި މުޙައްމަދު މާޢިދު (28އ) ކަމަށެވެ.

ގުޅުންހުރި

ހިޔާލު ދެއްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ